ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު 17 ވަނަ ދުވަހު އާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރުން އޮންނާނެ: މަޖްލިސް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް އަދި އެމަނިކުފާނުގެ ނައިބުރައީސް ހުވާކުރެއްވުން ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖުލީހުންބުނެފިއެވެ.

ގާނޫނު ހަދާ މަޖުލީހުން ބުނީ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަޤާމާ ޙަވާލުވުމުގެ ކުރިން މަޤާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައިކަމުަށެވެ. އެގޮތުން 17 ނޮވެންބަރު 2023 ވާ ހުކުރު ދުވަހު އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފަވެއެވެ.

1968 ވަނަ އަހަރުނެފެށިގެން ރާއްޖޭގައި އަލަށް އިންތިހާބުވާ ރައީސަކަށް ހުވާކުރުން ހަމަޖެހިފައި އޮންނަނީ ނޮވެމްބަރު 11 ވަނަ ދުވަހުގައެވެ. ނަމަވެސް 2013 ވަނަ އަހަރުންފެށިން ނޮވެމްބަރު 17 އަށްވަނީ އެދުވަސް ބަަދަލު ކޮށްްފައެވެ. އެއީ 2013 ގެ އިންތިހާބު ތެރޭގައި ދިމާވި ބައެއް މައްސަލަތަކާހެދި އިންތިހާބު ބާތިލްކޮށް ކޯޓަށް ވަޑައިގެން އަލުން އިންތިހާބު ބާއްވަން ޖެހުމުންނެވެ.

އެގޮތުން 2013 ވަނަ އަހަރާއި، 2018 ވަނަ އަހަރުގައިވެސް ރައީސުލްޖުމްހޫރިއްޔާ ހުވާކޮށްފައިވަނީ އެތާރީހުގައެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަަދު ސޯލިހުވެސް ހުވާ ކުރެއްވީ ނޮވެމްބަރު  17 ގައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: