ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލު ރައްޔިތުންނަށް އޮތީ އޮޅިފަ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސްއިން ގަނޫނުއަސާސީއަށް ގެނައުމަށް މަސައްކަތްކުރަމުންދާ ބަދަލު ރައްޔިތުންނަށް ވަނީ އޮޅުން އަރާފައިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ފުރަތަމަ ކިޔުން މިއަދު ޖަލްސާގައި އިއްވާފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ ބައެއް އާންމުންގެ ތެރޭގައި މި ބިލާއި ގުޅިގެން އޮޅުން އެރުންތަކެއް އެބަހުރިކަމަށެވެ.

އިމްތިޔާޒް ހުށައެޅުއްވި ބިލުގައި އިސްލާހު ގެނައުމަށް ވަނީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.

އެގޮތުން:

262. (ނ) މި މާއްސާގެ (ށ) ގައި އެހެން އޮތްކަމުގައި ވިޔަސް ގާނޫނު އަސާސީއަށ ްއިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއްގައި، މި ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުގެ ތެރެއިން، ރައްޔިތުންނާއި ގުޅޭ މުހިންމު ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާފައިވާ ކަމެއް ހިމެނޭނަމަ، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމެއް ނޯންނާނެއެވެ.

ބިލްގެ މަގްސަދު ވަރަށް ސާފުކޮށް އެނގޭކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މި ބިލު ހުށައަޅުއްވާފައި ވަނީ އެއް ކަމަކަށް ދެ ފަހަރަށް ވޯޓަށް އަހަން ނުޖެހޭ ގޮތަށް ގާނޫނު އަސާސީގައި ކަންކަން އިންތިޒާމް ވެފައި ބޭއްވުމަށްކަމަށެވެ.

މިހާރު އޮންނަ ގޮތުން 262 ދެވަނަ މާއްދާގެ ދަށުން ގާނޫނު އަސާސީގެ 3 މާއްދާއަކަށް ބަދަލު އަންނަނީނަމަ ރައީސުލްޖުމްހުރިއްޔާއަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަށް އައްސަވަން ޖެހިވަޑައިގަންނަވާކަމަށް ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުން ހިންގަމުންދާ ގާނޫނު ހެދުމުގެ އާންމު މަސައްކަތުގެ ތެރޭގައި ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓު އެހުން އެއީ ގާނޫނު އަސާސީ ލާޒިމްކުރާ އަދި ޖާގަދޭ މަސައްކަތެއްކަމަށެވެ.

މަޖިލީހުން މަސައްކަތް ކުރައްވަނީ މި ގޮތަށްކަމަށާއި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިކަން ރައްޔިތުންނަށް އިތުރަށް ސާފުކޮށްދިނުމަށް މެންބަރުން އެދޭނަމަ މަޖިލީހުގެ އެހީތެރިކަން ދެއްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: