ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ދެއްކެވި ވާހަކަ އެމްޑީޕީއިން ދޮގުކޮށްފި

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ދޮގުކޮށްފިއެވެ.

މިއަދުގެ މަޖިލީހުގައި ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީއަކީ ބުނާ ބަހުގައި އިތުބާރު ނުހިފޭ ޕާޓީއެއްކަމަށް ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސްއިން އެއްވެސް ޕާޓިއެއް ފަހަތަށް ދެވަނަ ބުރުގައި ނާރާ ވަނީ އެމްޑީޕީއިން އެދިގެންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެއްވެސް ޕާޓީއަކަށް ތާއިދު ނުކޮށްފިނަމަ ފެންނަ ނުފެންނަ ވޯޓު ނަގަން ތާއިދު ކުރާނެ ކަމަށް އެމްޑީޕީން ބުނި ކަމަށާއި އެކަމުގައި ޑިމޮކްރެޓްސްގެ ސިޓީއެއްވެސް އެމްޑީޕީން ހޯދި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަން ދޮގުކޮށް އެމްޑީޕީއިން މިކަމާއި ގުޅިގެން ކުރި އެކްސްއެއްގައި ބުނެފައިވަނީ 30 ސެޕްޓެމްބަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރުމަށް ދަ ޑިމޮކްރެޓްސްއިން ހުށައެޅިކަމަށެވެ.

މި ހުށަހެޅުމަށް އެމްޑީޕީއިން ގަބޫލުކުރެވެން ނެތް ކަމަށް ދި ޑިމޮކްރެޓްސްއަށް ވާނީ އަންގާފައިކަމަށް އެ ޕާޓީއިން ބުންޏެވެ.

މީގެ އިތުރުން އެއްވެސް ކަމަކަށް އެ ޕާޓީއާއި ދަ ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައިނުވާނެކަމަށާއި، އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ދަ ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ އެ ޕާޓީއާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ނިންމާފައިވާ ނިންމުމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: