ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ޒިންމާދާރު އިދިކޮޅެއްގެ ރޯލެއް ނުކުޅެވޭނެ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ޒިންމާދާރު އިދިިކޮޅު ޕާޓީއެއްގެ ރޯލު އަދާނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ހަރަދު އިތުރުވަމުންދިއުމާއި މަޖިލީހުގެ ގޮނޑި އިތުރުވަމުންދިއުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާޙިމް ވިދާޅުވީ، އެ މައްސަލަތައް ހައްލުކުރުމަށް ބިލެއް ހުށައެޅިފައިވާނަމަވެސް ރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތްކަމުން އެކަންކަން ހައްލުވެގެންދާތަން ފެނިގެން ނުދާކަމަށެވެ.

އޭނާ ވިދާޅުވީ، ރޭގެ ވަގުތެއްގައި ފެނިގެންދިޔައީ ދިވެހިރާއްޖޭގައި ވެރިކަންކުރި އަދި ރައްޔިތުން ވަރަށް އިތުބާރުކުރި ޕާޓީއެއްގެ އިސް ލީޑަރު ގައުމީ މަޖިލީސް ބައްދަލުވުމެއްގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރާ ކަމެއް ނަމަ އެކަމާއި ދެކޮޅަށް ވަކާލާތުކުރެއްވި މަންޒަރުކަަމަށެވެ.

އޭނާ ވިދާޅުވީ، ފެނިގެންދަޔައީ ރައީސް ނަޝީދު ނޫން ގޮތެއް ހޯއްދަވަން ނުކުމެވަޑައިގެންނެވި މަންޒަރުކަމަށާއި ރައީސް ނަޝީދު ބަރުލަމާނީއަށް ތާއީދުކުރާތީ އެމްޑީޕީއިން ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ، ފެނިގެންދިޔައީ އެ ޕާޓީގެ މެމްބަރުންގެ ބުއްދި ހުރި ދަރަޖަކަމަށެވެ.

އިބްރާޙިމް ވިދާޅުވީ، ރައްޔިތުން އެއްލާލާފައިވާ ބުއްދި ނެތް ބަޔަކު މަޖިލީހުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ވާހަކަތައް ދައްކަމުންދާކަމަށެވެ. އެހެންނަމަވެސް ކޮރަޕްޝަނާއި ފަސާދައާއި ރާއްޖޭގައި މީގެން ޒަމާނަކު ނުކުރާހާ ނުބައިކަންކަން ކުރުމަށްފަހު ޒިންމާދާރު އިދިކޮޅަށް ވެވޭނެ ގޮތާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ. އަދި އެބަޔަކު އަމިއްލަ މައްސަލަތައް ބަލާނެ ގޮތާއިމެދުވެސް އޭނާ ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މައްސަލަތައް ބަލައި އަދަބު ދިނުމުގެ މަސައްކަތްތައް ކުރަންކަމަށެވެ. އޭނާ ވިދާޅުވީ، އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް ދިވެހި ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާއަކީ އެއީކަމަށެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: