ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާންކޮށްފިއެވެ.
މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމާއިއެކު، އެމަނިކުފާނު ފުރުއްވަމުންދިޔަ މަގާމު ހުވާކުރުމާއިއެކު ދޫކޮށްލައްވާނެކަމަށްވުމުން، މަހްލޫފުވަނީ އޭނާ އެ މާގަމަށް ޝައުގުވެރިވެވަޑައިގެން ހުންނެވިކަން ހިއްސާކުރައްވާފައެވެ.
މަހްލޫފު ވިދާޅުވީ، 17 ނޮވެމްބަރުގައި މޭޔަރުގެ މަގާމު ހުސްވާނެކަމަށެވެ. އަދި އެ މަގާމަށް މީހަކު އައްޔަނުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އޭނާ ވާދަކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ފާހަގަކުރެއްވިއެވެ. މަހްލޫފު ވިދާޅުވީ،މ މޭޔަރުކަން ހޯދުމުގައި އޭނާއަށް މާލޭގެ ރައްޔިތުން އެއްބާރުލުން ދެއްވާ ތާއީދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

