ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު މިހާރު އެދެނީ ނިޒާމީ ވޯޓު މަޑުޖައްސާލަން

ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޒާމީ ވޯޓުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ނިޒާމުގެ ވޯޓު މަޑުޖައްސާލަން ޑިމޮކްރެޓްސްއިން އެއްބަސްވެ މިއަދު މަޖިލީހުގައި ތާވަލުކޮށްފައި އޮތް ނިޒާމުގެ މައްސަލަ އެޖެންޑާއިން ވެސް ވަނީ ނަގާފައެވެ. ފެށިގެންދާ ރިޔާސީ ދައުރު ރީތިކޮށްފެށުމަށާއި އަދި މުއިއްޒުއަށް އެފުރުސަތު ދެއްވަން ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ މަޖިލީހުގެ މެމްބަރުންގެ އަރިހުން ރިޔާސީ މި ދައުރު ރީތިކޮށް ފެށުމަށާއި އަދި ޑރ. މުއިއްޒުއަށް ރައީސްކަން ކުރުމަށް ރީތިކޮށް ފުރުސަތު އެބޭފުޅުންނަށް ވެސް ފަހިކޮށްދިނުމާއެކު އެ ޖާގަ މުއިއްޒުއަށް އެރުވުމަށް އެދިވަޑައިގަންނަވާފައެވެ.

ނަޝީދު ވިދާޅުވީ ނިޒާމީ ވާހަކަ ސިޔާސީ މަސްރަހުން އަދި ދިވެހި މުޖްތަމައުގެ ތެރެއިން ފިލައިގެން ގޮސްފައިނުވާކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭ ގޮތުން މަސައްކަތް ކުރެއްވުމަށް ނަޝީދު އެދިވަޑައިގަންނަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މުއިއްޒުގެ ޖަވާބާ ދޭތެރޭ ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށާއި އަދި ނިޒާމީ ވޯޓުގެ މަސައްކަތް  މިވަގުތު ނުކުރި ނަމަވެސް ފަހުން ވެސް ކުރެވިދާނެ މަސައްކަތަކެއް ކަމަށް މުއިއްޒުވެސް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: