ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް އުފެދޭ ސަރުކާރުގައި ބައިވެރިވާނެ ވާހަކަ ބޭރުގެ އިއްޒަތްތެރިން ގާތު ބުނިން: ރައީސް ނަޝިދު

ރައީސް މުޙައްމަދު ނަޝީދު އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއިބައްދަލު ކުރެއްވުން:ފޮޓޯ /މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބައިވެރިވުން އޮތްކަމަށް ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ގާތުގައި ދަންނަވާފައިވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުވަނީ ހާޒިރުވެ ތިއްބެވި މެމްބަރުންގެ ސަމާލުކަމަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ދެއްވަން އޮތް މެސެޖަކީ ހަގީގަތުގައި ވަޒީރުންނަށް ދެއްވުމަށް އޮތް މެސެޖެއްކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގެ ބައެއް ވަޒީރުން ދުނިޔޭގެ އެކި އެކި އިއްޒަތްތެރިންނަށް “ޓެކްސްޓު” ކުރައްވަމުންދާކަމަށާއި، އަލަށް އުފެދެން އުޅޭ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާއި ގުޅޭގޮތުން ނޭދެވޭ ވާހަަކަތައް ދައްކަވަމުންދާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ އިއްޒަތްތެރިން ވަޒީރުންގެ މެސެޖުތައް އެމަނިކުފާނަށް ފޮނުއްވަމުންދާކަމަށާއި އެހެންކަމުން އެ ސަރުކާރުގައި އެމަނިކުފާނުވެސް ބައިވެރިވާނެކަން އެ ބޭފުޅުންގެ ގާތުގައި ދަންނަވާފައިވާކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި މާ ގޯސްކަމެއް ވާން އުޅޭކަމަށް ވިދާޅުވާން ދަތިކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ އެކި ތަންތަނަށް މެސެޖު ކުރައްވާ ނެހެެއްދެވުމަށް ވަޒީރުންނަށާއި ރާއްޖޭގެ އެހެނިހެން އިއްޒަތްތެރިންނަށްވެސް އިލްތިމާސްކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: