ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުމެއް އާދިއްތަ ދުވަހު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވި ކަމުގެ ކުށުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ހައިކޯޓުގައި ތަވާލް ކޮށްފިއެވެ.

އާދީއްްތަ ދުވަހުގެ އަޑުއެހުން ތައާވަލުކޮށްފައިވަނީ މެންދުރު 13:45 އަށެވެ. އެންމެ ފަހުން ބާއްވަން ތާވަލު ކުރި ރައީސް ޔާމީންގެ އިސްތިއުނާފީ އަޑު އެހުން ވަނީ ކެންސަލްވެފައެވެ. އެއީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުންނެވެ.

ރައީސް ޔާމީން މި ވަގުތު ގޭ ބަންދުގައި ހުންނެވިއިރު، ވ. އާރަށް ކުއްޔަށް ދީގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފައެވެ. ނަމަވެސް ޢެ ފައިސާ ވެސް ރައީސް ޔާމީން ދައްކާފައެއް ޏުވެއެވެ.

ނަމަވެސް މިހާރު ހައި ކޯޓުން ވަނީ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ނެރެފައެވެ.

ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގެއްލުނު ސަބަބުތަކުގެ ތެރޭގައި މި ދަރަނި ނުދައްކާ އޮތުން ހިމެނުނުއިރު، ރައީސް ޔާމީން ވިދާޅުވީ ދަރަނި ދައްކަންޖެހޭ ވަކި ތާރީހެއް ދީފައިނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: