ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެދުރުން މީ މަގޭ ހިތުގެ ވިންދު، މަ މީހަަކަށް ހަދައިދިނީ އެދުރެއް!

ސްކޫލެއްގައި މުދައްރިސުންތަކަކާއި ދަރިވަރުންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އެދުރުންނަކީ މަގޭ ހިތުގެ ވިންދެވެ. މަގޭ މޭގެ ފިނިކަމެވެ. މަ އެއްޗަކަށް ހަދަައިދިނުމަށް ދެމިތިބި މީހުންނެވެ. މަށަށް ވިސްނުވައިދީ މަ ހިގަންވީމަގު އުނގަންނައިދިން ފަރާތެވެ. މިއީ މަގޭ ނަޒަރުގައި މަގޭ އެދުރުންނާއި ދޭތެރޭ ދެކޭ ގޮތެވެ.

ފުރަތަމަ އިލްމުގެ ދޮރޯއްޓަކީ ތިމާގެ މަންމައެވެ. ފުރަތަމަ މަރުހަލާ އަކީ ތިމާގެ މަންމައެވެ. ނަމަވެސް މަންމަގެ މަރުހަލާނިމި އެހެންމަރުހަލާ އަކާއި ކުރިމަތިލާން ޖެހެނީ ތައުލީމުގެ ހުރި ބޮޑުކަމުންނެވެ. އޭ. ބީ.ސީ.ޑީ. ވަން. ޓޫ.ތިރީ. އަދި ހ.ށ. މި ހުރިހާއެއްޗެއް ދަސްކޮށްދިނީ މަންމައެވެ. އެކަމަކު އެ މަންމަ އިތުރަށް ދަރިއަށް ކިޔަވައިދޭން ބޭނުންނުވާތީ ތައުލީމު ދަންނަ މޮޅު އެނދުރަކާއި ހަވާލު ކުރެއެވެ. އެހެންކަމުން މަންމަގެ އުގުން އެގޭ އެއްޗަކާއިއެކު، ވަންނަޖެހެނީ ނުވެސްދަންނަ މީހެއްގެ އުގުތެރެެއަށެވެ. ފުރަތަމަދުވަހުވެސް އެމުއްދަރިސްގެ ލޯތްބާއި ކުލުނުން ހިތައް ލިބިގެންދަނީ އާ އުއްމީދެވެ. ދަސްވަނީ އާ ކަމެކެވެ.

ފުރަތަމަ އެދުރަކީ މަންމައެވެ. އެމަންމަގެ އުނގުން ވީއްލި ތައުލީމަށް ހުޅުވުނު ދޮރުން ވަންއިރު، ބޮޑު އުދޯލީގައި ޙަތިމެއް ހިފައިގެން އިން އެދުރަކީ ލޯފަންމީހެކެވެ. އެ އެދުރު ދައިތައާއެކު ކުރިއަށް އަޅުގަނޑު ޖެހެލީ ތައުލިމީ ކުރިބޯށިން މޮޅު ކުއްޖަކަށް ވުމަށެވެ. މިއަދު ހަދާނަށް އަންނަނީ އެއީ ހާދަ ލޯބި އެދުރެއް ކަމެވެ. މަންމައެއްފަދަ ލޯތްބާއި އަޅާލުމާއި އެކު ފޫހިކަމެއްނެތި ގުރުއާނުގެ ލަފްޒުތައް ވަކިވަކިން އުނގަންނައި ދިނުމަށް މިންނެތް މަސައްތް ކުރެއްވި އެދުރެކެވެ. ގުރުއާނުގެ ލަފްޒުތައް ތަރުތިބުން ކިޔައިދިނެވެ. ސުކުން ކުރުމާއި ފިލިތަކެވެ. ލޯފަން މީހަކަސް ކިޔަވައިދިނުމުގެ ހުރި ކުޅަދާނަކަމާއި، ވައްޓަފާޅިއެވެ. އެންމެ ހަދާން ހުންނަނީ ތަޝްދީދު ކުރަން ބުނި ހަދާނެވެ. ތަޝްދީދަށް ފުއްމާށޭ ބުނީމަ އުނދޯލިމައްޗަށް އަރާ ފުއްމައިގެން ދިޔަ ހަނަދާނެވެ. މިފަދަ އެތައް އެތައް ހަދާނެވެ. ހަދާނުން ފިލައިގެންނުދާ އެތައްކަމެއް ބިންވަޅުނެގިފައިވެއެވެ.

އެދުރުންގެ ދުވަސް ފާހަގަކުރެވެމުންދާއިރު، އަޅުގަނޑު ނޫސްވެރިއެއްގެ މަގާމުގައިހުރު، އެފަދަ އެދުރަކަށް ޝުކުރުގެ ލަފްޒުން ބަހެއް ބުނެނުލާ ހުރުމަކީ އިންސާފެއް ކަމުގައި ނުދެކެމެވެ. އަދި ނޫސްވެރިއެއްގެ ހައިސިއްޔަތުން ގަލަމުގެ ތުޑު އެފަދަ އެދުރަކާއި ދޭތެރޭ ހިންގާ ނުލެވުމަކީ އަތަށް ލިބޭ އުނިކަމެއް ކަން ޔަގީީނެވެ. މިއަދު އަޅުގަނޑު ހިއްސާކޮލަން ބޭނުންވަނީ ތައުލީމަކީ ހަގީގަތުގައިވެސް އާ އުސްމިނަކަށް އާ ހަރުފަތަކަށް ވާސިލް ވުމަށް ބޭނުންވާ މައިގަނޑު ލަޑުދަނޑި ކަމަށެވެ. މި ލަނޑުދަޑިއަށް ވާސިލްވާން ފުރަތަމަ މަރުހަލާ ކަނޑައްތު ކުރުމަށް އެޅުނު ފިޔަވަޅުމަތިން ހަނދާން ކުރުމަކީ އެނދުރުންގެ ހަދާން އާކޮށް ކޮށްދެވޭނެ އެންމެ ބޮޑު ވާޖިބުކަމެވެ. ދެވަނައެއްނުވާ އެނދުރަށް ޝުކުރުގެ ސަަނާތައް ހައްގެވެ. މި ކިޔާއިދިނީ މަންމަގެ އުނގުން ވީއްލި ފުރަތަމަ އެނދުރެއްގެ ހަދާނުގެ ވާހަކައެވެ. ނަމަވެސް ދެންތިބި އެނދުރުން ކޮބައިތޯއެވެ. އެއީވެސް ޝުކުރުގެ ސަނާތައް ބަންޑުން ކުރަންޖެހޭފަދަ ބުރަ މަސައްކަތްތެއް ކޮށްފައިވާ އެނދުރުންނެވެ. ކޮންމެ ދިމާލަކުންވެސް އެދުރުންނެވެ.

ފިލާވަޅަކަށްފަހު ފިލާވަޅެކެވެ. މިއިން ކޮންމެ ކަމަކީ އެންމެފަހު ވަގުތު އިމްތިހާނަކަށް ވެދެއެވެ.

ލިބުނު މައުލޫމާތާއި ލިބުނު އިލްމާއި ހުނަރަކީ ހަގަީގަތުގައިވެސް ވަގުތުތަކެއް ބަޔަކު ހޭދަކޮށްގެން ވެފައިވާ ގުރުބާނީއެއްކަން ޔަގީނެވެ. ބަވަނަވަމުންދާ މިއަދުގެ ހަގީގަތަކީ ތައުލީމުގެ އެންމެ އުސް ހަރުފަތާއި ހަމަޔަށް ވާސިލްވާން ޖެހޭ ކަމަށެވެ. އަހަރެންގެ ހިޔާލަކީ ތައުލީމުގެ ކުރިބޯށި ބިންދާ ނުލަންވީއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯމްބަރު މަހުގެ 5 ވަނަ ދުވަހަކީ އެދުރުންގެ ދުވަހެވެ. ދުނިޔޭގެ ފެންވަރުގައި އެނދުރުންގެ ދުވަހެއް ފާހަގަކުރަމުން އަންނަތާ 29 އަހަރު ވަނީ ފުރިފައެވެ. ނަމަވެސް ދެރަކަމަކީ ތައުލީިމު އުނގެނިގެން އަންނަ ބަޔަކު އުނގަންނައިދޭ މިންވަރު ކުޑަވުމެވެ. ނުވަތަ މައުލޫމާތު ފޯރުކޮށްދޭން ތިބޭ ބަޔަކު ތެދު މައުލޫމާތު ފޯރުކޮށްދޭން ފަސްޖެހުމެެވެ. އަބަދުވެސް ހޯދާ އެނގޭ ބަޔަކަށް ތިމާމެންވާންވީއެވެ. ލިބިފައިވާ އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފަންވީއެވެ. އަނެކާއަށް ނުދީ ފޮރުވާ އެއްޗަކަށް ނަހަދަންވީއެވެ. ހާއްސަކޮށް ލޯތްބާއި އޯގާތެރިކަން ކުޑަވެއްޖެނަމަ މުޖުތަމައު ހަލާކުވެދެއެވެ. އެހެންކަމުން ލޯތްބާއި އަޅާލުން އިސްކުރަންވީއެވެ. މާދަމާގެ ރަނގަޅު ޖީލެއް ބިނާކުރަަން ބޭނުންވާ ކަމުގައިވާނަމަ މިއަަދު ތިބާ އަށް އެގިހުރިއެއްޗެއް އަނެކާއަށް ކިޔައިދޭންވީއެވެ. އުނގަންނައިދޭންވީއެވެ.

މޫސުން ގަދަވެ ކަނޑުހަދަވިޔަސް އިލްމުންފުރިފައިވާ ބޮއްކުރާ އަރިއަޅާލަނުދޭށެވެ.

ރަނގަޅު މުދައްރިސަކު ދަރިވަރެއްގެ މައްޗަށް ދޫކުރާ ނިޝާނަކީ ހަދާން ނައްތާލެވޭވަރުގެ ނިޝާނެއްނޫނެވެ. އަހަރުމެން ސުކޫލުން ވަކިވިތާ އެތައްއަހަރެއް ވެއްޖެއެވެ. ނަމަވެސް ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްވެސް އަޅަނީ އެހަދާންތަކާއި އެކުގައެވެ. އަޅާލާ، އެހީވި މުދައްރިސުން މަތިން ދުވަހަކުވެސް އަހަރެން ހަދާން ނުނެތެއެވެ. އެހެންކަމުން އެ މުދައްރުސުން އުފުލި ބުރަޔާއި، ވި ގުރުބާނީ ހަނދާން ނައްތާނުލަންވީއެވެ.

ދަރިވަރުންނޭވެ. އަހަރެން މިއަދު ވިސްނައިދޭން ބޭނުންވަނީ އަހަރެންގެ ޙަޔާތަށް މުދައްރުސުން ކުރެއްވި ނުހަނު އަގު ބޮޑު މަސައްކަތެވެ. އޭގެ އަސަރަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު އެ އެ މުދައްރިސުންނަށް ޝުކުރު ދަންނަވަނަަވާ ކަމެވެ. އެބޭފުޅުންގެ ހިތްވަރާއި، އަޅާލުމާއި، ކެނޑިނޭޅި އެއްބާރުލުން ލިބުމުން، އަޅުގަނޑު މިއަދު މިހުރި މީހަކަށް ހަދާފައެވެ. އުފާވެރި ވަޒީފާއެއްގައެވެ.

ކިޔަވައިދިނުމަށް ހުށައެޅި ޝައުގުވެރިކަމާއި، ޝައުޤުވެރިކަން އުފައްދައިދިނުމަށް ގެންގުޅުއްވި ގާބިލުކަން ޙަގީގަތުގައިވެސް ފާހަގަކޮށްލެވެއެވެ. މުދައްރިސުންގެ އިރުޝާދުގެ ސަބަބުން އަޅުގަނޑަށް ޢިލްމީ ގޮތުން ކުރިއެރުން ލިބުމުގެ އިތުރުން، އަޅުގަނޑުގެ ވިސްނުން ހުރި ކޮންމެ ކަމެއް ޙާޞިލުކުރެވޭނެކަމުގެ ޔަގީންކަން ވެސް އަޅުގަނޑުގެ ކިބައިގައި އުފެއްދީ ހަމަ ތިޔަ ލޮބުވެތި ޓީޗަރުންނެވެ.

މާދަމާގެ ކުދިންނަށް ދޭން ބޭނުވާ މެސެޖަކީ، އުނގުނުމަކީ ހަޔާތް ބަދަލުކުރެވޭ ދަތުރަކަށް ހަދާށެވެ. އެނދުރުން ކުރެއްވި ބުރަ މަސައްކަތަކަށް ހަމަ ޝުކުރުވެރިވަމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: