ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ނޭޝަން – ގޭމާސް ލޭންޑް ގައި ބައިވެރިވުމުގެ ފުރުސަތު

ޝެއާރކޮށްލާ ކަހަލަދޯ؟

“އުރީދޫ ނޭޝަން – ގޭމާސް ލޭންޑް”ގެ ނަމުގައި އުރީދޫއިން ބާއްވާ ގޭމާސް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫއިން ބާއްވާ މި ފެސްޓިވަލްއަކީ ރާއްޖޭގައި މީހާތަނަށް ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ގޭމިން ފެސްޓިވަލްގައި ތަފާތު ވައްތަރުގެ ގޭމާރސްއަށް އަމާޒުކޮށްގެން ތަފާތު ވައްތަރުގެ ގޭމުތަށް ވަނީ ހިމަނާފައެވެ.

މި ފެސްޓިވަލް ގެ ގޭމުތަކުގެ ތެރޭގައި ރޭސިން ސިމް ޗެލެންޖު، ކޮސްޕްލޭ، އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް އަދި ޓެކެން ހިމެނެއެވެ. މި ފެސްޓިވަލްގެ ގޭމުތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރޭސިން ސިމް ޗެލެންޖުގެ 1 ވަނަ އިނާމަކަށް 11،000ރ. ، 2 ވަނަ އިނާމަކަށް 8،000ރ. އަދި  3 ވަނަ އިނާމަކަށް 6،000ރ. ވަނީ ދޭން ނިންމާފައެވެ. ކޮސްޕްލޭ ގައި އެންމެ މޮޅު ކޮސްޓިއުމް އަކަށް 10،000ރ. ގެ އިނާމެއް ދިނުމަށް ވަނީ ދޭން ނިންމާފައެވެ. އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް 1 ވަނަ އިނާމަކަށް 20،000ރ. ، 2 ވަނަ އިނާމަކަށް 10،000ރ. އަދި 3 ވަނަ އިނާމަކަށް 5،000ރ. ދޭން ނިންމާފައިވާއިރު ޓެކެން މުބާރާތުގެ 1 ވަނަ އިނާމަކަށް 5،000ރ.، 2 ވަނަ އިނާމަކަށް 3،000ރ. އަދި 3 ވަނަ އިނާމަކަށް 2،000 ރުފިޔާ ދިނުމަށް އުރީދޫއިން ވަނީ ނިންމާފައެވެ.

މި ގޭމުތަކުގައި ބައިވެރިވެވޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފެސްޓިވަލުގައި އުރީދޫއިން އިންތިޒާމުކުރި ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ މުބާރާތުގެ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި ގޭމިން ފެސްޓިވަލް އޮންނާނީ އަންނަ މަހު ގެ 19 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް އުރީދޫގެ ހެޑް އޮފީހުގައެވެ. މިއީ ގޭމިންގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: