ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުކްލިއަރ ހަތިޔާރާއި ދިމާލަށް އެމެރިކާއިން ދަނީ ރަޝިއާ ކޮށްޕަމުން: ބެލަރުސްގެ ރައީސް

ބެލަރުސްގެ ރައީސް އެލެކްސެންޑާރ ލޫކަޝެންކޯ: ފޮޓޯ/ ސްކައި ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިއުކްލިއާ ހަތިޔާރު ބޭނުންކުރަންޖެހޭ ހާލަތާއި ދިމާލަށް އެމެރިކާއިން ރަޝިއާ “ކޮއްޕަމުން” ދާކަމަށް ބެލަރުސްގެ ރައީސް އެލެކްސެންޑަރ ލޫކަޝެންކޯ ވިދާޅުވެއްޖެއެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމަ ދިގު ދެމިފައިވާއިރު، އެމެރިކާއިންދަނީ ޔޫކްރެއިންއަށް ހަތިޔާރާއި މާލީ އެހީތައް ފޯރުވަމުންނެވެ. ބެލަރުސްގެ ރައީސް ވިދާޅުވެފައިވާގޮތުން، އެމެރިކާއިން މަސައްކަތްކުރަމުންދަނީ ރަޝިއާއަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަންޖެހޭނެ ފަދަ ހާލަތެއް މެދުވެރިކުރުމަށެވެ.  އަދި އެއީ އޭނާއަށް ފެނިވަޑައިގަންނަވާ ގޮތްކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމެރިކާއިން ރަޝިއާގެ އެންމެ ބިރުވެރި ހަތިޔާރު ބޭނުންކުރުމާއި ދިމާލަށް ގެންދިއުމަށް މަސައްކަތްކުރަމުންދަނީ، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރ އޮލެކްސެންޑްރޮވިޗް ޒެލެންސްކީ އަދި އޭނާގެ އަސްކަރިއްޔާއަށް ދުރު ރާސްތާއަށް ދަތުރުކުރާ މިސައިލު ފަދަ ހަތިޔާރު ދީގެންކަމަށެވެ. އޭނާ ވިދާޅުވީ، ބައެއް މިސައިލުތަކަށް 300 ކިލޯމީޓަަރަށް ދަތުރުކުރާކަމަށާއި އެފަދަ މިސައިލެއް އައިސް ރަޝިއާގެ ސަރަހައްދީ އިމުގެ ތެރެއަށް ވަދެއްޖެ ހާލަތެއްގައި ރަޝިއާއިންވެސް އެކަމަށް ޖަވާބު ދޭންޖެހޭނެކަމަށް ބުނެފައިވެއެވެ.

އޭނާ ވިދާޅުވީ، ރަޝިއާގެ ސަރައްދުގެ ތެރެއަށް ވަދެގެންދާންޖެހޭނީ އެފަދަ އެންމެ ހަމަލާއެއްކަމަށެވެ. ލޫކަޝެންކޯ ވިދާޅުވީ، އެ ހަމަލާގެ ޖަވާބު ވާނީ އިންތިހާއަށް ބޮޑު ޖަވާބަކަށްކަމަށާއި، އެފަދަ ޖަވާބެއް ނުދޭނެ ނަމަ ނިއުކްލިއަރ ހަތިޔާރު ގެންގުޅުމުގެ ބޭނުމާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ މައްސަލަތައް ހޫނުވެގެންދާފަދަ ގޮތަކަށް އަަމަލުކުރާނަމަ، ނިއުކްލިއަރ ހަތިޔާރުތަކުގެ ރިމޯޓު މޭޒު މައްޗަށް ނަގަން ޖެހިދާނެކަމަށްވެސް ބުނެފައިވެއެވެ. އޭނާ ވިދާޅުވީ، އެމެރިކާއިން އެ މީހުން ސަލާމަތަށް ބިރު ނުގަންނަކަމަށާއި އެއީ ކަނޑެއް ހުރަސްކޮށް އޮތް ގައުމެއް ކަމަށް ވުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: