ރަޝިއާއިން އާ ޖީލެއްގެ ނިއުކްލިއަރ ހަތިޔާރުތަކެއް ޓެސްޓުކޮށްފައިވާކަމަށް އެ ގައުމުގެ ރައީސް ވްލެޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ރަޝިއާއިން ޓެސްޓުކޮށްފައިވަނީ ނިއުކްލިއަރ ބާރުގެ ބޭނުން ހިފާ ކުރޫޒު މިސައިލްތަކެކެވެ. ރަޝިއާގެ ރައީސް ވަނީ އެ ބާވަތުގެ މިސައިލުތަކުގެ ޓެސްޓުތައް ކާމިޔާބުކަމާއިއެކު ނިންމާލެވިފައިވާކަމަށް ވިދާޅުވެފައެވެ.
ރަޝީއާގެ ނޫސްތަކުގައި ޝާއިއުކުރެވިފައިވާގޮތުން، ބުރެވެސްޓްނިކް“ ކިޔާ މިސައިލުގެ އެންމެ ފަހު ޓެސްޓުތައް ކާމިޔާބުކަމާއިއެކު ނިންމާލެވިފައިވާކަން ޕޫޓިންވަނީ ހާމަަކޮށްފައެވެ. އަދި އެއީ ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރުުމުގެ ގާބިލުކަން ހުރި މިސައިލެއްކަމަށާއި އެ މިސައިލު ދަތުރުކުރަނީވެސް ނިއުސްކްލިއަރ ހަކަތައިގެ ބާރުގައިކަމަށް ހިއްސާކޮށްފައިވާކަމަށްވެސް މީޑިއާތަކުގައި ވެއެވެ.
މީޑިއާތަކުން ބުނާގޮތުން، ބުރެވެސްޓްނިކް އުފެއްދުމުގެ މަސައްކަތްތައް ފެށިފައިވާކަން އިއުލާނުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެ މަސައްކަތްތައް ފެށީ އެއް ބަރުން އަނެއް ބައްރަށް ހަލުވިދުވެއްޔެއްގައި ދަތުރުކުރެވޭނެ މިސައިލުގެ އާ ޖީލެއް ބިނާކުރުމުގެ ގޮތުންކަމަށާއި އެގޮތުން ކިންޒަލް ބެލިސްޓިކް މިސައިލާއި އެވަންގާޑް ހައިޕަރސޮނިކް ގްލައިޑު ވެހިކަލްވެސް ހިމެނޭކަމަށް ރިޕޯޓުތަކުގައިވެއެވެ.
ހުޅަނގުގެ ގައުމުތަކަށް ނިސްބަތްކުރައްވާ ޕުޓިން ވަނީ މެސެޖެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އަމާޒަކީ ދުނިޔޭގައި އަސްކަރީ ހަމަހަމަކަން ގާއިމުކުރުމެވެ. އޭނާ ވިދާޅުވީ އަލަށް އުފައްދާފައިވަނީ ތިރިން އުދުހުމުގެ ގާބިލުކަން ހުރި، ނިއުކްލިއަރ ބާރުވެރިކަން ހުރި މިސައިލެއްކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ވާސިލުވެވިދާނެކަމަށާއި ހުއްޓުވުމަށާއި ދިފާއުވުމަށްވެސް ދަތިވާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

