ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ 75 ސިފައިންގެ މީހަކަށް ތިބުމަށް ޑރ މުއިއްޒު ފުރުސަތު ދެއްވަފާނެ: ރައީސް ނަޝީދު

ރައީސް މުޙައްމަދު ނަޝީދު އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއިބައްދަލު ކުރެއްވުން:ފޮޓޯ /މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ފަސްގަނޑުގައި އިންޑިއާގެ ސިފައިންނަށް ހަރަކާތްތެރިވުމަށް ފުރުސަތު ދެއްވާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި އިންޑިއާ އައުޓް ކެމްޕެއިނާއިމެދު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބައިނަލްއަގުވާމީ މީޑިއާއިންވަނީ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބަކީ ޗައިނާ އަދި އިންޑިއާ ދެމެދު ބޭއްވުނު އިންތިހާބެއްގެ ގޮތުގައި ސިފަކޮށްފައިކަމަށެވެ. އަދި އަލަށް އިންތިހާބުވެވަޑައިގެންނެވި ޑރ މުއިއްޒުއަކީ ޗައިނާގެ ފަޅިއަށް ޖެހިފައިހުރި ލީޑަރެއް ކަމަށް ބުނާ ކަމަށާއި އެހެންނަމަވެސް އެއީ ސީދާ ހަގީގަތް ކަމަށް ދެކިވަޑައިނުގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި، އިންތިހާބުގައި ފެންމަތިވި އެންމެ ބޮޑު މައްސަލައަކީ ޕީޕީއެމްގެ އިންޑިއާ އައުޓް ކެމްޕެއިން ނޫންކަމަށާއި އެމްޑީޕީއަށް ލިބިގެންދިޔަ ނާކާމިޔާބީގެ މައި ސަބަބަކީ ވެރިކަމުގައި ހުރި މީހާ ބަދަލުކުރުމަށް ދިވެހިންގެ ތެރޭގައި އޮންނަ ރޫހު ނުވަތަ ވިސްނުންކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިން މަޑުޖެހުމަކަށް އައިސްފައިވާކަމަށާއި، ޕީއެންސީގެ ކެމްޕެއިންގެ މައިގަނޑު އަސާސްއަކީވެސް އެއީ ނޫންކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ޑރ މުއިއްޒުވެސް ރާއްޖެއިން ގެންގުޅެމުން އައިސްފައިވާ ހާރިޖީ ސިޔާސަތުތައް ދަމަހައްޓަވާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އެގޮތުން އިންޑިއާ ރާއްޖޭގެ ދެމެދު އޮންނަނީ ޒަމާންވީ ގުޅުމެއްކަން ޑރ މުއިއްޒަށްވެސް އެނގިވަޑައިގަންނަވާނެކަމަށާއި އެހެންކަމުން ސަރުކާރު ބަދަލުވުމުން އެކަމަށް ބަދަލެއް އަންނާނެކަމަށް ފެނިވަޑައިނުގަންނަވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ދިވެހިން ވޯޓު ދީފައިވަނީ އިންޑިއާ ސިފައިންނާއި ދެކޮޅަށް ކަމަށް ދޭހަވާ ގޮތަކަށް ޑރ މުއިއްޒު ދާދި ފަހުން ދައްކަވާފައިވާ ވާހަކައަކާއިމެދު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ޑރ މުއިއްޒު ރާއްޖޭގައި ގާތްގަނޑަކަށް 75 އިންޑިއާ ސިފައިންނަށް ތިބުމަށް ފުރުސަތު ދެއްވަފާނެކަމަށް ބެލެވޭކަމަށެވެ. އަދި ވިދާޅުވީ، އެއީ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވާ މަރާމާތު ކުރުމުގެ މަސައްކަތްތަކަށް ތިބި މީހުންކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: