ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނާއި އެއްކޮޅަށް ތެދުވަމާ ހިނގާ، މިއަޑު އިއްވަމާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކާފިރުން މުސްލިމުނަށް ދެެމުންދާ އަނިޔާތަކާއި، ހަސަދައަކީ ދުނިޔެ ފެށުނީއްސުރެ ތާއަބަދުމެ އޮންނަކަމެކެވެ. ރަސޫލު ޒަމާނުއްސުރެ މި އަނިޔާވެރިކަން ލާއިންސާނިއްޔަތަށް ބަދަލުވެ ހަނގުރާމައިގެ މައިދާނުން ފެނިގެން ދެއެވެ. ކާފިރުންނޭ، މި ކިޔާ އެނުލަފާ ޖައްބާރުން މުސްލިމުންގެ މައްޗަށް ކުއްތާތަކެއް ފަދައިން ވެރިވެ އަނިޔާވެރި ވަމުންދެއެވެ.

އިޒްރާއީލުުން ފަލަސްތީނުގެ މައްޗަށް ގަދަވެގެންނަނީވެސް އިސްލާމީ އުއްމަތެއް ނެތިކޮށްލުމުގެ ބޭނުމުގައެވެ. މައުސޫމް ކުޑަކުދިންނާއި، ކުށެއްނެތް އަންހެނުންގެ އިއްފަތާއި އަބުރުފޭރި، ފަލަސްތީނުގެ މައްޗަށް ގަދަވެގަންނަން ކުރާ މަސައްކަތަކީ ގުދުސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިންގާ ޖަރީމާއެކެވެ. ލޭގެ ކޯރުތަކުން ފަލަސްތީނުގެ ބިން ފުރާލަނީ އަނިޔާވެރިކަމުގެ އިންތިހާއިންނެވެ. ބިރުވެރިކަމާއި ނާމާންކަމާއި، ނިކަމެތިކަމާއި ހައްދުފަހަނައެޅުން އެއީ ފަލަސްތީނުގެ ބިމުން ފިލައިގެން ނުދިޔަކަމެކެވެ.

ޔަހޫދީން މުސްލިމުންގެ މައްޗަށް ހަސަދަޔާއި، ފިތުނައިގެ ހުޅު ކޮންމެފަހަރަކު ރޯކޮށްލަނީ މި ބުނާ ބީދައިންނެވެ. ފަލަސްތީނުގެ ބިންހިފަން ކުރާ ހަނގުރާމައިގައި ލާއިންއިންސާނީ އެތަކެއް ޖަރީމާތަކެއް ހިންގައެވެ. ލާއިންސާނީއްޔަތަށް ފަލަސްތީނުގެ ރައްޔިތުން ހުށައެޅިފައިވާއިރު، މުސްލިމުން އިޒުރޭލާ ދެކޮޅަށް ތެދުވުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއްކަން ޔަގީނެވެ.

ފަލަސްތީނާއި ގުޅުންހުރި ބައެއް ރިޕޯޓްތައް ބުނާގޮތުން ފަލަސްތީނުގެ ބިންހިފުމަށް އިޒްރާއީލުން ކުރަމުންދާ ހަނގުރާމަތައް މީގެ ދެމަހެއްހާ ދުވަސްކުރިން އަނެއްކާވެސް ވަނީ ފަށާފައެވެ. މިހަނގުރާމައިގައިވެސް ފަލަސްތީނުގެ އެތަކެއް ރައްޔިތުންނެއް ޝަހީދުވެފައިވާއިރު، މީގެ ސަބަބުން މިހާރު ހަމާސް ޖަމާއަތުންވެސް ވަނީ ނުކުމެފައެވެ. އަދި އިޒްރޭލާއި ދެކޮޅަށް ހަމަލާތައް އަމާޒު ކުރަން ފަށާފައެވެ. ފަލަސްތީނުގެ މިނިވަން ކަމާއި ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާއަށް މަސައްކަތްކުރާ މި ހަމާސް ޖަމާއަތުން އިޒްރޭލަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ އެކު، އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ވައިގެމަގުން ހަމަލާދީ ހަނގުރާމަ އިހުނަށްވުރެ ވަރުގަދަކޮށްފައެވެ.

Drone from Gaza intercepted by Iron Dome amid heightened tensions -  www.israelhayom.com

މާތް ﷲ ގެ ވާގިފުޅާއެކު ޔަހޫދީންގެ މައްޗަށް ފަލަސްތީނުގެ ރައްޔިތުން ތިބީ ގަދަކޮށެވެ. ޔަހޫދީން ހިސޯރު ކޮށްފައިވާ ފަލަސްތީނު ރައްޔިތުންގެ ގިނަ ބިންތަކާއި، ޓޭންކަރުތަކާއި، އަސްކަރީ  ވެހިކަލްތައްވެސް ވަނީ ހާމާސްގެ ބެލުމުގެ ދަށުގައެވެ. ލޭގެ ކޯރުތަކުން ފަލަސްތީނުގެ ބިން ފުރިގެންދާއިރު، ހަނގުރާމަވެރި ސަރަހައްދު ކަވާރ ކުރަން ތިބި ނޫސްވެރިންނާއި ގިނައަދަދެއްގެ ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ.

ގެތަކާއި އިމާރާތްތަކާއި ފުލުންގެ ސްޓޭޝަންތައްވެސް ބިމާހަަމަކުރަމުންދާއިރު، ފަލަސްތީނުގެ ހަގުރާމަވެރި ޖަމާއަތްތަކުގައި މަސައްކަތްކުރާ ހަމާސް އަދި ފަލަސްތީނުގެ މުޖާހިދުން ދަނީ އިޒްރާއީލުގެ ސިފައިންނާއި، ކުރިމަތިލަމުންނެވެ. މި ހަގުރާމަ ވަރުގަދަވެ އިޒްރޭލު ސިފައިން ގައްޒާގެ މައި މަރުކަޒެއް ކަމަށްވާ “ރަހީމް” އަސްކަރީ މަރުކަޒު ގެ ކޮންޓްރޯލްވެސް ވަނީ އަލްގައްސާމް ބްރިގޭޑްސްގެ ހަނގުރާމަވެރިން ނަގާފައެވެ.

ހަނގުރާމައިގެ މައިދާން ހޫނުވެ ދެ ގައުމުން މިދޭ ހަމަލާތައް ހުއްޓުމުގެ ކޮޅުމައްޗެއް ނުފެނޭއެވެ. 1967 ވަނަ އަހަރުން ފެށިގެން ފަލަސްތީނާއި ދެކޮލަށް އިޒްރޭލުން މިވަނީ ހަނގުރާމަކޮށް އެކިފަހަރުމަތިން ހަމަލާތައް އަމާޒު ކޮށްފައެވެ. އެގޮތުން މިހާރު ފަލަސްތީން އަޅުވެތި ކޮށްފައިވާތާ މި ވަނީ 56 އަހަރުވެފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އަޅުވެތިކަމަށް މި ވަނީ 70 އަހަރުވެފައެެވެ. ފަލަސްތީނުގެ ބިން އަޅުވެތިކޮށް މި ވޭތުވި 56 ނުވަތަ 70 އަހަރުތެރޭގައި އިޒްރޭލުންވަނީ ފަލަސްތީން އާންމު ރައްޔިތުން ގެތަކުންނެރެ މަގުމަތިކޮށްލުމަށްފަހު، ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ޔަހޫދީން އާބާދު ކުރަމުން ގޮސްފައި ވެއެވެ.

Jerusalem “Flag Parade” Reveals Israel's Lack of Sovereignty - Politics  Today

އިސްރާއީލުންދަނީ ހަތިޔާރު ނެތް ފަލަސްޠީނުގެ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ. އިސްރާއީލު ސިފައިން އަންނަނީ ރަހުމެއްނެތި ކުއްތާތަކެއްފަދައިން ފަލަސްތީނު މުސްލިމުންގެ މައްޗަށް ގަދަވެގަންނަމުނެވެ. ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ރެފިއުޖީ ކޭމްޕުތަކާއި އަވަށްތަކަށް ހުއްޓުމެއްނެތި ހަމަލާދީ، ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިންގާ އަނިޔާވެރިވަމުންނެވެ.

އަދުގެ ޖީލުތަކަށްހީވާނީ މިއަދު ފަލަސްީތީނުގެ މުޖާހިދުން އެކުރަނީ ކޮންކަަމެއްބާއޭ، މިއީ އެތައްދުވަހެގެ ވޭނާއި ކެކުޅުންމެވެ. އެންމެހާ މުސްލިމުންނޭވެ. ހުއްޓުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ކުރާ މި އަނިޔާ އަކީ މުސްލިމް މުޅި އުއްމަތަށް ދެވޭ އަނިޔާ އެއްކަން ޔަގީނެވެ. ފަލަސްތީނާ އެއްކޮޅަ އެންމެން ތެދުވަމާ ހިނގާށެވެ. މިއަޑު އިއްވަމާ ހިނގާށެވެ. އަޅުގަނޑުމެން ދިވެހިން މިތިބީ ފަލަސްތީނާއި އެއްކޮޅަކަން ސާބިތުކޮށްދެމާ ހިނގާށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: