ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ފަހަރަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން ބަލައިގަތުމަށް ދަތިވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފާސްކޮށް ތަޅުމަށް ހުށަހެޅުމަށް ތައްޔާރުވި ނަމަވެސް މަޖިލީހުގެ މި ހިނގާ ދައުރަށް ދެން ހުށަހަޅައިގެން ކުރިޔަށް ނުގެންދެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ބައްޔަށް ފަހު އަނެއްކާވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީން ފެށީ ރިޔާސަތުގެ ކޮންޓްރޯލް އެ ޕާޓީގެ އަތުގައި އޮތުން މުހިންމުކަމަށް ބުނެ އެވެ. ހާއްސަކޮށް މަޖިލީހުގެ މެޖޯރިޓީ މަޖިލީހުގައި އޮވެ، ރައީސް ނަޝީދު އެ މަގާމަށް ގެނައީ ވެސް އެމްޑީޕީގެ ވޯޓުންކަމަށްވުމާއި އެކު އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގެ ސޮއި ހަމަކޮށް މަޖިލީހަށް މައްސަލަ ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމަށް މީޑިއާތަކުން މިއަދު ރިޕޯޓު ކުރުމުން މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިން އަނބުރާ ގެންދިއުމުން ދެން އަލުން މި ދައުރުގައި އެ މައްސަލަ ހުށަނޭޅޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތްކަމުގެ އެއް މައްސަލަ ކަމަށެވެ. އެހެންކަމުން ދެވަނަ ފަހަރަށް އެއް މައްސަލައެއް ހުށަހެޅުމުން ދެން އެ ބަލައިގަތުމަށް ދަތިވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދެން އައު އިތުރު މައްސަލައެއް ހުށަހެޅޭނީ އަންނަ ފެބްރުއަރީ މަހު ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް މަޖިލީހުގެ ގަވައިދުގެ 89 ވަނަ މައްދާގެ (ނ) ގައި ވަނީ މަޖިލީހަށް ހުށަހަޅާ ބިލެއް ބަލައިނުގަތުމަށް ފާސް ނުވެއްޖެ ނަމަ އެ ހިސާބުން ބިލު ބާތިލުވާނެ ކަމަށެވެ. އަދި ހިނގަމުން ދާ ދައުރަކަށް ދެން އެ ބިލެއް ހުށަނޭޅޭނެކަމަށް ގަވައިދުގައި ވެއެވެ.

އެކަމަކު އެ މާއްދާގައި އިތުބާރު ނެތްކަމުގެ މައްސަލަތަކުގެ ވާހަކަ ހިމަނާފައި ނެތެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 14%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: