ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމު ގެއްލުވާލަން ވެސް ޖާގައެއް ނެތް، ނަޝީދު ބޭރު ކުރާނަން: ނިޔާޒް

ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް އަލީ ނިޔާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ދުރު ކުރުމަށް ވޯޓު ނަގާ ދުވަހު ޖަލްސާގެ ނިޒާމު ގެއްލުވާލުމަށް ކުރާ މަސައްކަތަކަށް ޖާގަ ނުދޭނެކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓު ނެގުން ތާވަލުކޮށްފައިވީ ނަމަވެސް އުފެދޭ އެންމެ ބޮޑު ސުވާލަކީ އެ ދުވަހުގެ ޖަލްސާ ކުރިޔަށް ގެންދެވިދާނެ ތޯ އެވެ. އެ ދުވަހުގެ ޖަލްސާގެ ރިޔާސަތު ރައީސް ނަޝީދު ނޫން އިތުރު ބޭފުޅަކު ބަލަހައްޓަވަން ޖެހޭއިރު މަޖިލީހުގެ ނައިބު ރައީސް އީވާގެ ބަލި ހާލަތު ހުރި ގޮތުން ޖަލްސާގައި ބައިވެރިވެވޭނެކަމަށް ނުބެލެވެ އެވެ.

އެހެންވެ ބޮޑަށް ލަފާކުރެވެނީ އެ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ކަމަށެވެ. މީގެ ކުރިން ވެސް ބައެއް އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުތަކާއި، ބިލުތަކުގައި ވެސް ނިޒާމު ގެއްލިފައިކަމަށް ކަނޑައަޅައި އަފީފް ޖަލްސާ ނިންމަވާލައްވާފައި ވެއެވެ.

ރޭ ޑިމޮކްރެޓްސްއިން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ލީޑާޝިޕްގެ ބޭފުޅުން ވާހަކަ ދައްކަވަމުން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލް ކުރާނެކަމަށެވެ. އަދި އެމްޑީޕީއަށް ދެން ވެސް ލިބޭނީ އެފަދަ ނާކާމިޔާބުތައްކަމަށް ވިދާޅުވި އެވެ.

ނައިބް ރައީސް ޖަލްސާގެ ރިޔާސަތަށް ނޭރުން ނުވަތަ ޖަލްސާގެ ނިޒާމު ގެއްލުވާލުން އެއީ ކުރެވިދާނެ ކަމެއް. އެ 2 ކަމަށް ވެސް އެމް.ޑީ.ޕި ގެ ހައްލު އެބައޮތް. ފަހަތަށް ޖެހުމެއް ނެތް

މި ހަބަރުތައް މީޑިއާތަކުން ކަވަރު ކުރުމުން އެ ވާހަކަތަކަށް ރައްދު ދެއްވައި ނިޔާޒް ވިދާޅުވީ އީވާ ރިޔާސަތާއި ހަވާލުނުވެ އިތުބޭފުޅަކު ރިޔަސަތާއި ހަވާލުވާން ނެތުން ނުވަތަ އެ ދުވަހުގެ ޖަލްސާގެ ނިޒާމު ގެއްލުވާލުމުގެ ވެސް ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަކު އެމްޑީޕީ އޮތީ އެ ދެ ހާލަތަށް ވެސް ތައްޔާރަށް ހައްލު ހޯދައިގެންކަމަށާއި މި މައްސަލައިގައި ފަސް ޖެހުމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި، އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނަމަ އިންތިހާބީ ރައީސްގެ ހުވާކުރެއްވުން ގަބޫލު ނުކުރާނެ ކަމަށެވެ. އަދި ކެބިނެޓަށް ވެސް ރުހުން ނުދޭނެކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

މިއީ އިންތިހާބީ ރައީސަށް ވެސް ކުރާ ޖެއްސުމެއްކަމަށް ސިފަ ކުރާތީ، އެކަމަށް ރައްދު ދީ އަސްލަމް ފަހުން ވިދާޅުވީ އެފަދަ އެއްވެސް ނިޔަތެއް ނެތްކަމަށެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިގެން ނުވަތަ އެމަނިކުފާނުގެ މަޝްވަރާގެ މަތީން ނިންމި ނިންމުމެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.

އަސްލަމް އެގޮތަށް ވިދާޅުވި ނަމަވެސް އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތުގައި، އެ ޕާޓީގެ ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި ހުންނެވިނަމަ އެއީ ޕާޓީގެ އެންމެ އިސް ލީޑަރެވެ. އަދި ޕާޓީގެ މުހިންމު ނިންމުންތައް ނިންމެވުމާއި، އެ ކަންކަން ކުރިޔަށް ގެންދާނީ އިސް ލީޑަރުގެ މަޝްވަރާގެ ދަށުންކަމަށް އަސާސީ ގަވައިދުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: