ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 ވަނަ މަޖިލީހުގައި ނިޔާޒް ވާދަ ކުރައްވަނީ ކުރެންދޫ ދާއިރާއަށް!

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް. ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަނަ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާއަށް ވާދަކުރައްވަން އަލީ ނިޔާޒް ނިންމަވައިފިއެވެ.

އޭނާ މިކަން ހާމަ ކުރެއްވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

މިހާރު ހުޅުމާލެ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އަލީ ނިޔާޒް މިކަން ހާމަ ކުރައްވާ ވިދާޅުވީ، 18 އަދި 19 ވަނަ މަޖިލީސް އިންތިހާބުގައިވެސް ފާދިއްޕޮޅު ކުރެންދޫ ދާއިރާއިން ރައްޔިތުން އަގުލަބިއްޔަތު ދީފައިވަނީ އެމް.ޑީ.ޕީ ކެނޑިޑޭޓަށްކަމަށެވެ. 20 ވަނަ މަޖިލިސްއަށްވެސް އެ ދާއިރާއިން ހޮވާނީ އެމް.ޑީ.ޕީ ގެ ކެނޑިޑޭޓެއްކަމަށެވެ.

ނިޔާޒް މިހެން ވިދާޅުވިއިރު, އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ކުރެންދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް އެމްޑީޕީއިން ވަކިވެވަޑައިގެންފައެވެ. މިހާރު އެއީ ވެރިކަން ކުރާ ޕީއެންސީގެ މެންބަރެކެވެ.

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތައް އިއުލާންކޮށް، 37 އަކަށް މިހާރު ވަނީ ޕްރައިމަރީއަކާއި ނުލައި ޓިކެޓު ދެއްވާފައެވެ.

އެ ޕާޓީއިން ބުނެފައިވާގޮތުން އެއް ކެންޑިޑޭޓަށްވުރެ ގިނަ މީހުން ކުރިމަތިލާ ދާއިރާތައް ގައުމީ މަޖިލިހުން ނިންމުމާއި އެއް ގޮތަށް އެކަށައެޅިފައިވާ ވިލަރެސް ކޮމިޓީއިން އިއުލާނުކުރާނެކަމަށާއި އެކަންކުރާނީ ފަހުގެ ތާރީހެއްގައިކަަމަށެވެ.

އެމްޑީޕީއިން މީގެ ކުރިން ހިއްސާކޮށްފައިވާގޮތުން އެ ޕާޓީގެ މަޖިލީސް ޕްރައިމަރީ އިންތިހާބު ބޭއްވުމަށް ރާވާފައިވަނީ ކުރިއަށް އޮތް މާލޭގެ މޭޔަރު ކަމުގެ އިންތިހާބަށްފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: