ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް ފޮނުވީ ރައީސް އޮފީހުން ލިޔުނު ސިޓީއެއް: ނިޔާޒް

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް. ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯގަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނ. ކެނދިކުޅުދޫ ކައުންސިލަށް ފޮނުވި ސިޓީއަކީ ރައީސް އޮފީހުން ލިޔުނު ސިޓީއެއްކަމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާޒް މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ކުރިޔަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރައްވައި ސަރުކާރު މައި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާތީ އެކަން ކުށްވެރިކޮށް ކެނދިކުޅުދޫ ކައުންސިލުން މިދިޔަ ހޮނިހިރު ދުވަހު ބަޔާނެއް އާންމު ކުރިއެވެ. ރަސްމީ ގޮތުން ކުރައްވާ ދަތުރުފުޅެއްގައި ރައީސް ރަށަށް ވަޑައިގަންނަވާކަން އެންގުމާއިއެކު، ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައި ޖަލްސާގެ ކަންކަން ވެސް ކުރިޔަށް ގެންދިޔަކަމަށް އެ ކައުންސިލުން ބުންޏެވެ.

ނަމަވެސް އެ ދުވަހު ކެނދިކުޅުދޫ ޖަލްސާގައި ރައީސް ވަނީ މަޖިލިސް އިންތިހާބު ފަސް ކުރުމުގެ އިސްލާހުގެ ވާހަކަ އެމްޑީޕީގެ މެމްބަރުން ދައްކާއިރު ރޯދައިގެ ކުރިޔަށް ބާއްވަން ބޭނުންވި އިންތިހާބަށް އެއްބާރުލުން ނުދިނީ މަޖިލިސް ތެރެއިންކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުންނަކީ، ވަކި ބައެއްގެ ޕަޕެޓުންތަކެއްގެ ގޮތުގައި ސިފަ ކުރައްވައި ވިދާޅުވީ އެމަނިކުފާނަކީ ގާނޫނުއަސާސީއާ ހިލާފުވާނެ ބޭފުޅެއް ނޫންކަމަށެވެ.

އޭގެ ޖެހިގެން އައި ދުވަހު އެ މައްސަލައިގައި ބަޔާނެއް އާންމުކޮށް ކައުންސިލުން ބުނެފައި ވަނީ އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާ ބޭނުން ކުރުމަކީ 11/2008 (އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނު) ގެ 19 ވަނަ މާއްދާއިން މަނާ ވާނެކަމަށެވެ. އެ ބަޔާން މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސްފައި ވަނިކޮށް އިއްޔެ އަނެއްކާ ވެސް ފެންމަތިވީ ކައުންސިލްތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ސިޓީ އެވެ.

އެލްޖީއޭއިން ބުނެފައިވަނީ ހަމައެކަނި ތައްގަނޑު ޖަހާފައިވާ އެ ބަޔާނުގައި އެއްވެސް މެމްބަރެއްގެ ސޮއި ނެތުމުން ބަޔާނުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ކައުންސިލަށް ފޮނުވި ސިޓީގައި އެލްޖީއޭއިން ބުނެފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް މަތި ކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށެވެ.

އެލްޖީއޭގެ މިފަދަ ސިޓީއެއް ލިބިފައިވާކަމަށް ކައުންސިލްގެ ރައީސް މީޑިއާތަކަށް މައުލޫމާތު ދިންއިރު، އެ އޮތޯރިޓީން އެންގީ ރައީސުލްޖުމްހޫރިއްޔާއާއި ގުޅޭގޮތުން ނެރުނު ބަޔާން ހޯމަ ދުވަހުގެ 14:00 ގެ ކުރިން އަނބުރާ ގެންދިއުމަށެވެ.

މި މައްސަލަ މަޖިލީހުގެ މިފަދަ މައްސަލަތައް ބަލާ ކޮމިޓީއިން ބެލުމަށް ނިންމާފައިވަނިކޮށް، ނިޔަޒް ވިދާޅުވީ އެ ސިޓީއަކީ ރަސްމީ ގަނޑިން ބޭރުން ރައީސް އޮފީހުގެ ނުފޫޒާއިއެކު ފޮނުވާފައިވާ ސިޓީއެއްކަމަށެވެ. މި މައްސަލަ މަޖިލީހަށް ލިބިފައިވާކަމަށާއި، މައްސަލަ ކޮމިޓީއިން ބައްލަވާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

މި މައްސަލައިގައި އެޓާނީ ޖެނެރަލް (އެޖީ) އިން ބުނީ ސިޓީ ނުފޮނުވުމަށް އެލްޖީއޭއަށް ލަފާ ދީފައިވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: