ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް އާއިއެކު ކުރިއަށް ގެންދިޔައީ އުންމީދީ ބައްދަލުވުމެއް: އަލީ ނިޔާޒް

ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި އެކު ކުރިއަށް ގެންދެވީ ވަރަށް އުންމީދީ ބައްދަލުވުމެއްކަމަށް މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރެވުމާއިއެކު، އެމްޑީޕީގެ ރައީސް ސާލިހަށް ތާއީދު ކުރާ ފެކްޝަންގެ ބައެއް މެމްބަރުންވަނީ ޖޭޕީގެ ލީޑަރ ގާސިމް އާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އަދި ނިޔާޒްގެ އިތުރުން ގާސިމްއެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ތިން ބޭފުޅުން އެއްކޮށް ތިއްބެވި ފޮޓޯއަކީ ކުރީގެ ފޮޓޯއެއްކަމަށް ފާހަގަކުރައްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވަނީ އެ ފޮޓޯ މިހާރު ދައުރު ކުރުމުގެ މަގުސަދާއިމެދު ސުވާލު އުފައްދަވާފައެވެ.

ވަހީދަށް ޖަވާބު ދެއްވަމުން ނިޔާޒް ވިދާޅުވީ، އެއީ ކުރީގެ ފޮޓޯއެއް ނޫންކަމަށެވެ. އަދި އެ ބައްދަލުވުމުގެ ސަބަބުން އުންމީދު އިތުރުވެގޮސްފައިވާކަމަށާއި، އެހެންކަމުން މިހާރު އެމްޑީޕީގެ ރައީސް ސާލިހު ފެކްޝަނުން މިސްރާބު ޖަހާފައިވަނީ ކޯލިޝަން އަކާއިއެކު އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށްކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: