ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުގެ މާއްދާތައް މާނަ ކުރަންޖެހޭނީ، އެއް މާއްދާ އަނެއް މާއްދާގެ ބާރު ކެނޑޭހެންނެއް ނޫން: އެމްޑީޕީ

އެމްޑީޕީގެ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ސްޕްރީމް ކޯޓުގައި ކުރިއަށްދާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުގެ މާއްދާތައް މާނަ ކުރަންޖެހޭނީ، އެއް މާއްދާ އަނެއް މާއްދާގެ ބާރު ކެނޑޭހެން ނޫންކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށައަޅާފައި އޮތް މައްސަލަ ކުރިއަށް ނުދާތީ، އެ މައްސަލައަށް ހައްލު ހޯދުމަށް އެމްޑީޕީއިން ސްޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ސްޕްރީމް ކޯޓުގައި ކުރިއަށްދާއިރު، އަފީފް ވިދާޅުވީ ގާނޫނުގެ އެއްވެސް މާއްދާއެއް ލިޔާނީ އޭގެ ކުރީގައި އޮންނަ މާއްދާއަށް އަމަލު ނުކުރާނެކަމަށް ބަލައިގެން ނޫންކަމަށެވެ.

އެގޮތުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ ލިޔެފައިވަނީ މަޖިލީހުގެ އިދާރާއިން އެ މާއްދާގެ ނ އަށް އަމަލު ނުކުރާނެކަމަށް ބަލައިގެން ނޫންކަމަށް ފާހަގަކޮށް އަފީފް ވިދާޅުވީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރާ ގަރާރު މަޖިލީހަށް ހުށައެޅުމަށްފަހު ނޫނީ އެހެން މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އޮންނަނީ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމުގެ ގޮތުގައި އެ ގަރާރު އެންމެ އަވަހަށް އަންނަ ޖަލްސާއަށް ހުށައެޅުމަށް އޭގެ ކުރީގައި އޮންނަ މާއްދާގައި ހިމެނުމަށްފަހުކަމަށެވެ.

އެ ޖަލްސާ ނުބޭއްވުމުން، ދެން އެހެން މަސައްކަތްތައް ކުރެވޭނެކަމަށް މަޖިލީހުގެ އިދާރާއިން ނިންމި ނަމަވެސް އެއީ އެކަން ކުރެވޭނެ ގޮތެއް ނޫންކަމަށް އަފީފް ވިދާޅުވިއެވެ.

މި މަފްހޫމް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނެސްފައި އޮތް މަގްސަދަކީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ފުށުން ކަންކަން ނިންމާ ތަނަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ 4 ބައި ކުޅަ އެއްބައި ތަމްސީލުކުރާ މެންބަރުން ނުވަތަ އެއަށްވުރެވެސް ގިނަ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަންޖެހޭކަމަށް ދެކި އެގޮތަށް ނިންމީމައި، މަޖިލީހުގެ ނިންމެވުމުގެ ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީ، މެންބަރުންގެ ނިންމެވުމުގެ ވާހަކަ. އެގޮތަށް ނިންމީމައި ދެނ އެކަމާއި މެދު ގޮތެއް ނުނިންމާ ތިބެ، އެ މަޖިލީހުން ނިންމާ ނިންމުންތަކަށް ރައްޔިތުންނަށް އޮންނަންޖެހޭ އިތުބާރު، އެ އިތުބާރު ނުދެމެހެއްޓޭތީ.

އަފީފް ވިދާޅުވިއެވެ.

މަޖިލީހުގެ ކޮންމެ މެންބަރަކު 5000 އަށްވުރެ ގިނަ މެންބަރުން ތަމްސީލުކުރާއިރު، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 49 މެންބަރުން ސޮއި ކޮށްފައިވާތީ މިއީ މުޅި ރާއްޖޭޣެ ދެ ބައި ކުޅަ އެއް ބަޔަށްވުރެ ގިނަ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ހުށައަޅާފައިވާ މައްސަލައެއްކަމަށް އަފީފް ފާހަގަ ކުރެއްވިއެވެ.

އަފީފް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނިކޮށް، އެ މައްސަލައާއިމެދު ގޮތް ނުނިންމާ އެހެން މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ގާނޫނުގައި އޮންނަނީ މަޖިލީހުގެ ނިންމުތަކާއިމެދު ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އިތުބާރު ދެމެހެއްޓުމަށްޓަކައިކަމަށެވެ.

މި މައްސަލަ ސްޕްރީމް ކޯޓުން ބެލުމަށް، އެ ކޯޓަށް އިހުތިސާސް ލިބިގެންވޭތޯ ކުރެވެމުންދާ ބަހުސްއަށް އަލިއަޅުއްވައި އަފީފް ދެއްކެވި ވާހަކައިގައި ވިދާޅުވީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ 11 ވަނަ މާއްދާގެ ހ ގެ 1 އަދި 2 ގެ ދަށުން މި މައްސަލަ ބެލުމުގެ އިހުތިސާސް ސްޕްރީމް ކޯޓަށް ލިބިގެންވާކަމަށެވެ. އަދި އެއީ މި މައްސަލައަކީ ގައުމު ދުސްތޫރީ ހުސްކަމެއްގެ ތެރެއަށް އަތުވެދާނެފަދަ މައްސަލައަކަށްވާތީކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލަ ގައުމުގެ އާންމު މަސްލަތާއި ގުޅިފައިވުންވެސް ހިމެނޭކަމަށް އަފީފް ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުގައި ކުރިއަށްދާ މި މައްސަލައަށް ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްއިން ވަނީ ތަދައްހުލުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: