ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވަޒީފާތަކަށް މުއައްޒަފުން ނުނެގުމަށް ސިވިލްސާވިސް ކޮމިޝަނުން އަންގައިފި

ފޮޓޯ/ސިވިލްސާވިސް ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ބަދަލުވުމަށް އޮންނަ އިންތިގާލީ މަރުހަލާގައި ސަރުކާރުގެ ވަޒީފާތަކަށް މުއައްޒަފުން ނުނެގުމަށް ސިވިލްސާވިސް ކޮމިޝަނުން އަންގައިފިއެވެ.

ސިވިލްސާވިސް ކޮމިޝަން (ސީއެސްސީން) ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އޮކްޓޯމްބަރުމަހުގެ އެއްވަނަ ދުވަހުންފެށިގެން ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވަޒީފާތަކަށް މީހުންނެރުމުގައި ކޮމިޝަނުގެ އުސޫލާއި އެެއްގޮތަށް އަމަލު ކުރުމަށެވެ.

އެގޮތުން އޮކްޓޯމްބަރު ފުރަތަމަ ދުވަހުން ފެށިގެން ސެޕްޓަމްބަރު 21 އާއި ހަމަޔަށް އިއުލާން ކޮށްފައިވާ ވަޒީފާތަކަށް މީހުން ހޮވާނީ އެ ކޮމިޝަނުގެ ގަވައިދާއި އެއްގޮތަށް ކަމަށާއި، ވަޒީފާއަަށް މީހުން ހޮވުމާއި އައްޔަން ކުރުމުގައި މަރުހަލާތައް ކުރިއަށްދާނީ މިންގަޑާއި އުސޫލުގެ ދަށުން ވަޒީފާދިނުމާއި ބެހޭ ގަވައިދުގެ ތިންވަނަ އިސްލާހާއި އެއްގޮތަށް ކަމަށެވެ.

މިވަގުތަކީ ސަރުކާރު ބަދަލުކުރުމުގެ އިންތިގާލީ މަރުހަލާއެވެ. ސީއެސްސީން ސާކިއުލާއެއް ނެރެފައިވަނީ އިންތިހާބީ ރައީސްގެ އޮފީހުން ސަރުކާރަށް 7 ކަމެއް މަޑު ޖައްސާލުމަށް އެދި ސިޓީއެއްވެސް ފޮނުވާފައިވަނިކޮށެވެ.

ސަރުކާރުން ބުނެފައިވަނީ މި މަރުހަލާގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: