ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނު!

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލްސާ ފަށަން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތުމުން ޖަލްސާ ނިންމާލައިފިއެވެ.

މިއަދުގެ މަޖިލީސް ފެށިއިރު، ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އީވާ ވިދާޅުވީ މަޖިލީހުގެ ޖަލްސާ ފެށުމަށް ގަވާއިދު ބުނާ އަދަދަށް ޖަލްސާއަށް މެންބަރުން ހާޒިރުވެ ނެތްކަމަށެވެ. ޖަލްސާ ފަށާއިރު 22 މެންބަރުން ތަޅުމަށް ހާޒިރުވެ ތިބެންޖެހެއެވެ.

ދެން ޖަލްސާ އޮންނަ ދުވަހެއް އަންގާނެކަމަށް އީވާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ނިންމާލިއިރު، އެޖެންޑާގައި މުހިންމު މަސައްކަތްތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންއާއި ބެހޭ ބިލުގެ ބަހުސްއާއި، ފެނަކައިން ކުދި ވިޔަފާރިތަކާއި، ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި، ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި، ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލާ ހުށައަޅާފައިވާ ގަރާރުގެ ބަހުސްވެސް އެޖެންޑާ ކޮށްފައިވެއެވެ.

ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާފައިވާ ގަރާރުގެ ބަހުސްއާއި، ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްވެސް އެޖެންޑާ ކޮށްފައިވެއެވެ.

އޭގެ އިތުރުން ކޮމިޓީތަކުން ހުށައަޅާ ކަންކަމާއި، ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: