ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގެ މަޝްވަރާތައް އައު ސަރުކާރާއި އެކު ވަރަށް އަވަހަށް ފަށާނަން: ސަރުވަޝް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު (ވ) އަދި ސަރުވަޝް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުގެ މަޝްވަރާތައް އަލަށް އުފެދޭ ސަރުކާރާއި އެކު މި ހަފްތާގެ ތެރޭގައި ފަށާނެކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކިއުޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެން އެންމެ އަވަހަށް ފަށާނެ ބަޖެޓުގެ މަސައްކަތުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައިވެރިވުން އޮންނާނެ އެވެ. އެހެންވެ އެކަމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވައި ސަރުވަޝް ވިދާޅުވީ ބަޖެޓުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ އެވެ. ނޮވެމްބަރު 17 ގައި ސަރުކަރާއި ހަވާލުވުމުގެ ކުރިޔަށް ޓީމުތަކުން ކުރަން ޖެހޭ މަސައްކަތްތަކަށް އިންތިހާބީ ރައީސްގެ އޮފީހެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

” ބަޖެޓްގެ މަޝްވަރާތަކާއި ނިންމާ ނިންމުންތަކާއި ގުޅޭ ގޮތުން އިންތިގާލީ ޓީމާއި، ބައްދަލު ކުރާނީ މި ހަފްތާ ތެރޭގައި” ސަރުވާޝް ވިދާޅުވިއެވެ. 

އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުއްﷲ ހަލީލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބަޖެޓުގެ ބައެއް ތަފްސީލުތައް ދެއްވި އެވެ. ފިރުޒުލް ވިދާޅުވީ  ބަޖެޓުގެ މަސައްކަތާއި އަދި އެނޫން ވެސް އެހެން ހުރިހާ ކަމެއްގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށެވެ.

“އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެން ބޭނުންވި ކަންކަންހިމަނައިގެން އަޅުގަނޑުމެން ބޭނުންވާ ގޮތަށް 2024 ވަނަ އަހަރުގެ ބަޖެޓް ފަރުމާ ކުރެވުމަށް އަޅުގަނޑުމެނަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެކަމުގެ ޔަގީންކަން ދެއްވާފަވޭ.” ފިރުޒުލް ވިދާޅުވިއެވެ.

ބަޖެޓްގައި އިސްކަންދެއްވާނެ ކަންތައްތައް ދަންނަވަން އަދި ދަތި ކަމަށާއި، އެހެންނަނަމަވެސް ވައުދުތައް ފުއްދުމުގައި ބަޖެޓްގެ މުހިންމު ކަމަށްވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: