ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ އިސަލާހުކުރުމުގެ ބިލް ހުށަހަޅާފައި ވަނީ އެމްޑީޕީގެ ވައުދާ ހިލާފަށް: އިމްތިޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުމަށްކަމަށް ބުނެ ހުށަހަޅާފައިވާ އިސްލާހަކީ އެމްޑީޕީއިން ވެފައިވާ ވައުދާ ހިލާފް އެއްޗެއްކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށާއި ޖޭއެސްސީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ހުށަހަޅުއްވި ބިލްގެ ބަހުސް މަރުލާގައި ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ މީގެކުރިން ދެއްކި ވާހަކައަކީ ޖޭއެސްސީގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ނުތިބެވޭ ގޮތަށް އިސްލާހު ގެނައުން ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ 5 އަހަރު ނިމެން ގާތް ވެފައިވަނިކޮށް ހުށަހަޅާފައިވާ އިސްލާހަކީ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތާއި ހިލާފަށް ހުށަހަޅާފައިވާ އިސްލާހެއްކަމަށެވެ. އަދި ދައުރުނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް އެ އިސްލާހު ހުށަހެޅީ ވަކި ބަޔަކަށް ޓާގެޓު ކޮށްފައި ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއިން ބޭނުންވަނީ މުޅި ޖުޑިޝަރީގައިވެސް އެޕާޓީގެ މީހުން ތިބެން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ނުތިބެވޭނެ ގޮތަށް އިސްލާހު ގެނައުން ކަމަށް ވާއިރު އެކަން ނުކުރެވި އޮތުމުން އެވާހަކަ ދައްކަވަން ޖެހޭކަމަށެވެ.

އިސްލާހު ހުށައެޅުމުގައި އިހްލާސްތެރިކަމެއް ނެތްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސީއެސްސީގެ ރައީސްއަށް ކޮމިޝަނުގައި ނީންދެވޭ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އިތުރު އެހެން މީހުންނަށް ތިބެވޭ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

މީގެއިތިރުން ޖޭއެސްސީގެ ގާނޫނު އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުތަކަކީ ޖޭއެސްސީއަށް ގެންނަން ބޭނުންވާ ބަދަލު ނުވަތަ އަސްލު މަގްސަދު ހާސިލްވާގޮތަށް ހުށަހަޅާފައިވާ އިސްލާހެއް ނޫން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެގޮތުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަކު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ލާފައިވާ ބިލް ފާސް ނުވާނެ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ މީހުން ތިބޭގޮތަށް އެ އިސްލާހު ހުށަހަޅާފައިވާތިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: