ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ އިސްލާހު ކުރާ ބިލުގައި ވަނީ ސިޔާސީ ކުލަ ޖެހިފަ: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ސިޔާސީ ކުލަ ޖެހިފައިވާކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާ އިސްލާހުކޮށް، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ. އެކަމަކު ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ފެށިފައި ވަނިކޮށް ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތް މެމްބަރުން ސިފަ ކުރަނީ އިހުލާސްތެރި ނޫން ނިޔަތެއް އޮތް ކަމެއްގެ ގޮތުގަ އެވެ. މީގެ ކުރިން މަޖިލީހަށް އެކި ފަހަރު މަތީން ޕީޕީއެމްގެ މެމްބަރުން ޖޭއެސްސީ ބިލު ހުށަހެޅުމުން އެ ބިލު އެމްޑީޕީގެ މެމްބަރުންގެ ވޯޓުން ބޭރުކޮށްލާފައި ވަނީ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއްކަމަށް ބުނެ އެވެ.

ކޮންމެ ދައުރެއްގައި ވެސް ހުށަހެޅުމަށް ގަސްތު ކުރާ ބިލުތަކުގެ ތެރޭގައި ޖޭއެސްސީ ބިލު ނުހިމެނޭތީ އެކަމުގެ ޝަކުވާތައް އުފެދެ އެވެ. އަދި ވެރިކަން ބަދަލުވުމާއި ގާތްވެފައި ވަނިކޮށް އަނެއްކާވެސް މި މަސައްކަތް ފެށުމުން މަޖިލީހުގައި އެމްޑީޕީ ނޫން މެމްބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

މިއަދު އޮތް މި އިސްލާހުގެ އިބްތިދާއީ ބަހުސް މަރުހަލާފައި އާޒިމް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމުގެ މައިގަނޑު މަގްސަދަކީ އެ ކޮމިޝަން ސިޔާސީ ނުފޫޒުން އެއްކިބާ ކުރުން ކަމަށެވެ. އަދި މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ރައީސް ނަޝީދު ހުންނަވާތީ އެކަމާ ކަންބޮޑުވެ މެމްބަރުން ވާހަކަ ދައްކާއިރު ގާނޫނު އަސާސީގައި ބުނަނީ އެތަނުގައި ރައީސް ނަޝީދު ހުނަން ޖެހޭނެ ވާހަކައެއް ނޫންކަމަށް އާޒިމް ވިދާޅުވި އެވެ.

އިސްލާހަށް ފާޑުވިދާޅުވެ އާޒިމް ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ސަރުކާރާއި ދެކޮޅު ހަދާނެ ގޮތަކާއި މެދު ސުވާލު އުފައްދާފަ އެވެ. އޭނާ ވިދާޅުވީ އެއީ ސަރުކާރުގެ އެތެރޭގެ ހިނގާ ކަންކަމަށް ބަސް ވިދާޅުވެ ދެކޮޅު ހައްދަވާނެ ފަދަ މަގާމެއް ނޫން ކަމަށެވެ.

ޢާޒިމް ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ އިސްލާހުގައި ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން އަންގާ އެންގުންތަކަށް ތަބައަ ނުވުމުން އެތަނުގައި ތިއްބަވާ ދެ ބޭފުޅުން ޖޭއެސްސީން އެއްކިބާ ކުރުމަށް ވިސްނުން ބަހައްޓަގެން އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ.

މީގެއިތުރުން ޢާޒިމް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ޑިމޮކްރެޓްސްގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ކަމަށެވެ. އަދި އޭނާ ދެކެނީ އެއީ ރައްޔިތުން ބޭނުންވާ ކަންކަމަށް ހުރަސްއަޅާ ދެން އަންނަން އޮތް ސަރުކާރަކަށް އުނދަގޫ ކުރުމުގެ ނިޔަތުގައި މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: