ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމުގެ ނޯޓިސް، އެ މަނިކުފާނަށާއި މަޖިލީހުގެ މެމްބަރުންނަށް ފޮނުވައިފިއެވެ.

ގަރާރުގެ ނޯޓިސް ފޮނުވަން މަޖިލީހުގެ އިދާރާއަށް ލިބުނު ތިން ދުވަހުގެ މުހުލަތު މިއަދު މެންދުރުފަހަށް ހަމަވާނެއެވެ. ވަގުތު ކުޑަތަންވެފައި ވަނިކޮށް ނޯޓިސް ފޮނުވާފައި ވަނީ އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމާއި މެދު ނަޝީދު ސުވާލު އުފައްދަވާފައިވާ ވަނިކޮށެވެ.

މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މިމައްސަލަ ކުރިއަށްގެންދެވޭނެއެވެ.

ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ފާސްކުރީ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި 48 މެންބަރުންގެ ސޮއިކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ރައީސް ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްއިން ފާހަގަކޮށްފައިވެއެވެ. އަދި މުޅި މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި އެއާއި ހިލާފަށް، ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ރައީސް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެއެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު މި މައްސަލަަ ވަނީ އަނބުރާ ގެންގޮސްފައެވެ. މިހެން ކަން އޮތްއިރު، ހަމަ އެ ދައުރުގެ ތެރޭގައި އެއް މައްސަލައެއް އަނެއްކާ ހުށައަޅާތީ، ބަލައިނުގަނެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: