ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ބަޔަކާއި ރައްޔިތުން ޒިންމާތައް ހަވާލުކުރީ މިދިޔަ ފަސް އަހަރު އެ ޒިންމާ އަދާ ކޮށްފައި ނުވާތީ: އަބްދުއްރަހީމް

ރައީސް ސޯލިހު އަދި އިންތިހާބީ ރައިސް ޑރ މުއިއްޒު /ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ސާލިހުގެ ސަރުކާރު ނޫން ބަޔަކާ ރައްޔިތުން ގައުމުގެ ޒިންމާތައް ހަވާލުކޮށްފައިވަނީ ވޭތުވެދިޔަ ފަސް އަހަރު ދުވަހު ޒިންމާތައް އަދާނުކުރެވުމުންކަމަށް ޕީއެންސީގެ ޗެއަރޕާސަން އަދި އިންތިގާލީ ކޮމިޓީގެ ޑިރެކްޓަރ ޖެނަރަލް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމްވަނީ މިހާރުގެ ސަރުކާރަށް ބައެއް ކަންކަން ނުކުރުމަށް ދެންނެވި ސަބަބުތަކާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ބައެއް ކަންކަން ނުކުރުމަށް އިރުޝާދު ދީފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކަން ކުރަން ބޭނުންވާ ގޮތާއި ޕީއެންސީގެ ސަރުކާރުން ބޭނުންވާ ގޮތާއި ތަފާތުވާނެތީކަމަށެވެ.

ޑރ މުހައްމަދު މުއިއްޒު އާއި ރައީސް ސާލިހުގެ ސަރުކާރުގެ އަމަލާއި ވިސްނުން ތަފާތުވާނެކަމަށް ތަކުރާރުކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީއިން ވެރިކަމާއި ހަވާލުވަނީ ރައްޔިތުންނަށް ބާރު ސްޕީޑުގައި ތަރައްގީތައް ގެނެސްދިނުމަށްކަމަށެވެ. އޭނާ ވިދާޅުވީ ޕީއެންސީ ވެރިކަމަށް އަންނަނީ މަޝްރޫޢެއް ސޮއިކޮށް ފެއްޓުމަށްފަހު ފަސް އަހަރު ދުވަހު މަޑު ޖައްސާލާފައި ބާއްވާ ވިސްނުމުގައި ނޫންކަމަށާއި ޑރ މުއިއްޒުގެ ސަރުކާރުން ފަށާ މަޝްރޫޢުތައް ނިންމައި ވައުދުތައް ފުއްދުމަށް ޕީއެންސީއިން ތައްޔާރަށް ތިބިކަމަށެވެ. އަދި މީހުންނަށް ޕްރޮމޯޝަންތައް ދިނުން ފަދަ އަމަލުތައް ނުހިންގުމަށް އިރުޝާދު ދީފައިވަނީ އެ ސަބަބުތަކާއި ގުޅިގެންކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމްވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި އެ ޕާޓީއާއި އެމްއެންޕީއާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށްވެސް އަލިއަޅުއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ ސަރުކާރަށް އެ އިންތިހާބު ވަރަށް މުހިންމުކަމަށާއި މަޖިލީހުގެ މެޖޯރިޓީ ހޯދުންވެސް އެ ޕާޓީއަށް މުހިންމުކަމަށެވެ. އޭނާ ވިދާޅުވީ އެމްއެންޕީ އަދި ޕީއެންސީގެ ގުޅުން ރަސްމީކުރެވުމާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީއިންވަނީ އެއްވެސް ޝަރުތެއް ނެތި އެކުގައި މަސައްކަތްކުރާނެކަމުގެ ވާހަކަ ހިއްސާކޮށްފައިކަމަށެވެ. އަދި އެއްވެސް އެއްޗެއް ބޭނުންވެސް ނޫންކަމަށް ބުނެފައިވާކަމަށާއި އެހެންނަމަވެސް ދެ ޕާޓީގެ ދެމެދު ” އަންޑަރސްޓޭންޑިންގް” އެއް އޮތް ނަމަ އޮތީކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: