ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އަޅުގަނޑުމެން ޑރ. މުއިއްޒު އާއިއެކު މިއަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން” އަބްދުއްރަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީން ރާއްޖޭގެ ވެރިކަމާއި ހަވާލުވަނީ 10 އަހަރުގެ ވެރިކަމެއް ކުރުމަށް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ ޑރ. މުއިއްޒުއާއިއެކު ދެން ފަސްއަހަރުގެ ވެރިކަމަކަށް ރައްޔިތުން ކާއިރިއަށްދާނީ މި ފަސްއަހަރު ވީ ވައުދުތައް ފުއްދުމަަށްފަހު ކަމަށެވެ. އިންތިހާބުގައި ޑރ. މުއިއްޒު ވައުދުވެ ވަޑައުގެންފައިވަނީ ކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަންރައްތަކަށް ކަމަށާއި، އެހެންކަމުން ފަސްއަހަރުގެ ދައުރެއް ނިމެންދެން ވައުދުތަކަށް ބަލަން ނުތިބޭނެކަމަށެވެ.

“އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަންނަނީ 10 އަހަރުގެ ވެރިކަމެއްކުރަން ޑރ. މުއިއްޒު އާއި އެކީގަ. ” އަބްދުއްރަހީމް ވިދާޅުވިއެވެ.

ފަސްއަހަރުގެ ދައުރަކާއި އެބޭފުޅުން ހަވާލުވީ ދައުރުގެ ތެރޭގައި ވައުދުތައް ފުއްދޭނެކަމުގެ ޔަގީންކަމާއި އެކުގައި ކަމަށެވެ. ފަސް އަހަރަށްފަހު ކެމްޕެއިނަަށް ރަށްރަށަށް ވަޑައިގަތުމުން ވައުދުތައް ނުފުއްދައޭކިޔާފައި ރައްޔިތުން އެބޭފުޅުންގެ ކާއިރިން ނާހާނެ ކަމާއި، އަހާނީ ކުރިއަށް އޮތް ދައުރުގައި ކުރާނީ ކޮންކަމެއްތޯ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: