ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލާމުގައި ތިބި ވަކީލުން ބައިވެރިވެ، އަންނަ ހަފްތާގައި ރައީސް ޔާމީންގެ އިސްތިއުނާފީ އަޑުއެހުންތައް ފަށާނެ: ޕީޖީ

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވި ކަމުގެ ކުށުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތަކުގައި އަންނަ ހަފްތާއިން ފެށިގެން ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން ބައިވެރިވާން ފަށާނެކަމަށް އެ އޮފީހުން މިއަދުއެވެ.

މިހަފްތާގެ އާދީއްްތަ ދުވަހަށް އަޑުއެހުމެއް ތައާވަލުކޮށްފައިވީ ނަމަވެސް ޕީޖީ އޮފީހުން އެދިގެން މި އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އަޑު އެހުން ކެންސަލް ކުރުމަށް އެދުނީ އެ އޮފީހުގެ ވަކީލުންގެ ގޮތުގައި މި އަޑުއެހުމުގައި ބައިވެރިވާ ވަކީލުން ސަލާމުގައި ތިބުމުންނެވެ. އެހެން ނަމަވެސް ފެށޭ ހަފްތާއިން ފެށިގެން މި އަޑުއެހުންތަކުގައި ޕީޖީ އޮފީހުގެ ވަކީލުން ބައިވެރިވާނެކަމަށް ބުންޏެވެ.
އޭގެ ކުރިން ބާއްވަން ތާވަލު ކުރި ރައީސް ޔާމީންގެ އިސްތިއުނާފީ އަޑު އެހުންވެސް ވަނީ ކެންސަލްވެފައެވެ. އެއީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުންނެވެ.

ރައީސް ޔާމީން މި ވަގުތު ގޭ ބަންދުގައި ހުންނެވިއިރު، ވ. އާރަށް ކުއްޔަށް ދީގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފައެވެ. ނަމަވެސް މިހާރު ހައި ކޯޓުން ވަނީ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ނެރެފައެވެ.

ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގެއްލުނު ސަބަބުތަކުގެ ތެރޭގައި މި ދަރަނި ނުދައްކާ އޮތުން ހިމެނުނުއިރު، ރައީސް ޔާމީން ވިދާޅުވީ ދަރަނި ދައްކަންޖެހޭ ވަކި ތާރީހެއް ދީފައިނުވާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: