ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރަނގަޅު ތަހުގީގެއް ހިންގައިފިނަމަ ރައީސް ސޯލިހު ޖަލަށް ނުލާނެ އެކަކުވެސް ނުހުންނާނެ”އިންތި

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރުން 2023 ވަނައަހަރާއި ހަމަޔަށް، ރާއްޖޭގެ ރައީސް ކަމުގެ މާގާމާއި ހަވާލުވެ ވަޑައިގެން، މިވަގުތުވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭގޮތުން “ރަނގަޅު ތަހުގީގެއް ހިންގައިފިނަމަ ރައީސް ސޯލިހު ޖަލަށް ނުލާނެ އެކަކުވެސް ނުހުންނާނެ” ކަމަށް ރައްޔިތުންގެ މަޖުލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ޑިމޮކްރޭޓްގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިމްތިޔާޒު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ކުރައްވާފައިވާ ކަންތަައްތަކުގެ ރަނގަޅު ތަހުގީގެއް ހިންގައިފިނަމަ ރައީސް ސޯލިހަށް ސަލާމަތް ނުވެވޭނެ ކަމަށެވެ. އެއީ ވެރިކަމުގެ ބާރުގައި ކުރެއްވި އެތައް ކަންތައްތަކެއް ކަމަށްވެސް އިމްތިޔާޒު ފާހަގަކުރެއްވިއެވެ. އަދި ޖުޑިޝެރީ އިސްލާހު ކުރުމުގެ ތެރެއިންވެސް ފެނިގެންދިޔައީ ބައެއްގެ މަގާމާއި ނުފޫޒު ކުރިއެރުވަން މަސައްކަތް ކުރެވުންތަން ކަމަށެވެ. ވެރިކަމުގައި ހިންގާފައިވާ ކަންތައްތަކަކީ ކުރަންވާ އުސޫލުގެ މަތިން ކޮށްފައިވާ ކަންތައްތަކެއްނޫން ކަމަށްވެސް އިމްތިޔާޒު ވަނި ވިދާޅުވެފައެވެ.

ރައީސް ސޯލިހު ސިިޔާސީ ބޭފުޅަކު ޖަލަށް ނުލަމޭ ވިދާޅުވާއިރު އެބޭފުޅާ ސިޔާސީ ވާދަވެރިންގެ ގޮތުގައި ދެކެވަޑައި ގަންނަވަނީ ދެބޭފުޅުން ކަމަށާއި، އެ ދެ ބޭފުޅުންނާއި ދޭތެރޭ ވެސް އަމަލުކުރެއްވީ އިންސާފަކުން ނޫން ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ޖަލަށް ގެންގޮސްފައިވާ ކަމަށާއި، ރައީސް ނަޝީދަށް އަމާޒުކޮށް އަވަހާރަކޮށްލެއްވުމަށް ދެވުނު ބޮމުގެ ހަމަލާގައިވެސް އެބޭފުޅާގެ ބައިވެރިވުމާއެކު ޖާގަދެއްވިކަމަށެވެ.

“އެބޭފުޅާ ސިޔާސީ ދެ ބޭފުޅޫންގެ ގޮތުގައި ދެކުނު މީހުންނަކީ. އެ ދެ މީހުންނަށް ހަދާފައިވާ ގޮތް އެ އޮތީ ފެންނަން. ” އިމްތިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އިމްތިޔާޒު ވިދާޅުވީ ރާއްޖޭގެ އޮތް އެންމެބޮޑު ސިޔާސި ޕާޓީ އެމްޑީޕީ ބޮޑުކޮށް، އެޕާޓީ ޕާޓީއެއްގެ ގޮތުގައި ހުރިހާ ޒަމާނެއްވަންދެން ކުރިއަށްދިޔަ ބޭފުޅަކާއި ދޭތެރޭ ބޮމުގެ ހަމަލާއެއް ދިނުމަށްފަހުގައިވެސް ކަންތައްކުރީ ޒާތީ ގޮތުން ދިމާކުރުން ކަމަށެވެ.

މިއީ ރައިސް ސޯލިހުއާއި އެމްޑީޕީގެ ލީޑާޝިޕުން އަމަލުތައް ބެހެއްޓެވި ގޮތް ކަމަށެވެ. އެބޭފުޅުން މަސައްކަތް ކުރެއްވީ ރައީސް ނަޝީދު ނައްތާލުމުގެ މަސައްކަތް ކަމަށާއި ނަމަވެސް ރައީސް ނަޝީދު ނައްތާ ނުލެވުނު ކަމަށެވެ. އަދި ވެރިކަންވެސް ނުލިބި ދާންޖެހުނީ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: