ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ވަނަ އަހަރަށް އެކުލަވާލާ ބަޖެޓު 50 ބިލިއަން ރުފިޔާއާއި ގާތްކުރާނެކަމަށް ލަފާކޮށްފި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓު ހުށައަޅުއްވައިދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރަށް އެކުލަވާލާ ބަޖެޓު 50 ބިލިއަން ރުފިޔާއާއި ގާތްކުރާނެކަމަށް ލަފާކޮށްފިއެވެ.

މި ހިނގާ 2023 ވަނަ އަހަރަށް ކަނޑައަޅާފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިސްކަލް ސްޓްރެޓެޖީ ބަޔާން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު، ބަޔާނުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވަނީ 48 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެކެވެ.

2024 ވަނަ އަހަރުގެ ދަރަނި އުޅޭނެ އަދަދުކަމަށް ލަފާ ކުރަނީ 9.8 ބިލިއަން ރުފިޔާގައިކަމަށްވާއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި ގާތްގަނޑަށް 33 ބިލިއަން ރުފިޔާ ހޭދަކުރާނެކަމަށް ލަފާކޮށްފައިވެއެވެ. ދަރަނި ދެކޮޅުޖެއްސުމަށް 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭކަމަށް ލަފާކޮށްފައިވެއެވެ. އެގޮތުން ބޭރުގެ މާލީ އިދާރާތަކުން ލޯނުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ރާވާފައިވާއިރު، 6.1 ބިލިއަން ރުފިޔާ ހޯދުމަށް ރާވާފައިވަނީ ޓީބިލު ވިއްކައިގެންނެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ހަމަޖައްސާފައިވަނީ 15 ބިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: