ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނަށް އެހީވުމަށް އެމަޖެންސީ ފަންޑެއް

ފަލަސްތީނުގެ ހައްގުގައި ދިވެހިން މަގުމައްޗަށް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދޮނުމަށް ދިވެހި ރެޑްކްރެސްންޓުގެ ފަރާތުން އިމަޖެންސީ ފަންޑެއް ގާއިމުކޮށްފި އެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ އަސްކަރީ ހަމަލާތަކުގައި އެގައުމުގެ ޢައްޒާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި އެތަށް ބަޔަކު ޒަހަމްވެ ޝަހީދުވެފަ އެވެ. އެހެންކަމުން މި ލާއިންސާނީ ކާރިސާއާއި ގުޅިގެން އެ ގައުމުގެ ރެޑް ކްރެސެންޓުންވަނީ އޮކްޓޯބަރ 13 ވަނަ ދުވަހު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބައިނަލްއަގްވާމީ ފަރާތްތަކަށާއި އަދި ރެޑް ކްރޮސް ރެޑް ކޮރެސެންޓް ހަރަކާތުގެ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައިވެއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވާ ގޮތުގައި އޮކްޓޫބަރު 10 ހަމައަށް އެގައުމުގެ ޖުމްލަ 687 މީހުން ވަނީ ނިޔާވެފައެވެ. އޭގެތެރެއިން 143 ކުޑަކުދިންނާއި، 105 އަންހެނުންނާއި އަދި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި 6 ފަރާތެއް ހިމެނެއެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ 3276 އާއްމުންނަށް ގެއްލުން ވެފައިވާ ކަމަށް އެ ޖަމާއަތުން މައުލޫމާތުދީފައިވެއެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތި ލާން ޖެހިފައިވާ ކަމަށެވެ. ކުރިއަަށް އޮތް ދުވަސް ތަކުގައި ޢައްޒާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

ފަންޑުން ލިބޭ ފައިސާގެ އެހީ ފޯރުކޮށްދޭނީ ފަލަސްތީނު ރެޑް ކޮރެސެންޓްއިން 10 އޮކްޓޫބަރު ގައި ނެރެފައިފާ ޕްރިލިމެނަރީ އިމަރޖެންސީ އިލްތިމާސަށް އިޖާބަދީ އަނިޔާވެ ޒަހަމްވެފައިވާ ފަރާތްތަކަށް ދެމުންދާ ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް އެހީތެރިވުމަށް ކަމަށް ދިވެހި ރެޑް ކްރެސެންޓުގެ ބަޔާނުގައި ވެއެވެ. އަދި ސިއްހީ ހިދުމަތްތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެނާއި އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިފަންޑުގެ ފައިސާ ބޭނުން ކުރާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ. ފަލަސްތީނަށް އެހީތެރިކަން ހޯދުމަށް ހުޅުވާފައިވާ ފަންޑަށް ފައިސާގެ އެހީ ފޯރު ކޮއްދެވޭނީ 14 އޮކްޓޫބަރުން ފެށިގެން 28 އޮކްޓޫބަރުގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: