މާތް ﷲގެ ހަޒްރަތުން ދަރުމަޔާއި ސަވާބު ހޯދަން އެދޭ އަޅަކު ކަމުގައިވާނަމަ ކިތަންމެ ކުޑަ މިންވަރެއް ހޭދަކޮށްގެންވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވުމަށް ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.
އަލްމަސްޖިދުލް އަގްސާ މިނިވަންކޮށް ފަލަސްތީނުގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް އަނބުރާ އިއާދަ ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރުމަކީ މުސްލިމް ސަރުކާރުތަަކާއި، ރައްޔިތުންގެ މައްޗަށް އޮތް މަތިވެރި ވާޖިބެއް ކަމަށާއި، އެހެންކަމުން ކިތަންމެ ކުޑަ މިންވަރެއް ކަމުގައިވީ ނަމަވެސް އެރައްޔިތުންނަަށް އެހީވާން މިއަދު ޖެހިފައިވާ ކަމަށެވެ.
އިންސާނީ ކަރާމާތާއި، މިނިވަންކަން ނިގުޅައިގަނެ އަދާވާތްތެރިންދަނީ ފަލަސްތީނުގެ ރައްޔިތުން ދުނިޔެއިން އެކެހެރި ކުުރުމުގެ މަސައްކަތް ކުރަމުންކަމަށް ބުނެ ހުތުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ އަދާވާތްރެރިންގެ އެންމެ ބޮޑު ބޭނުމަކީ ފަލަސްތީނުގައި ދިރިއުޅެމުންދާ މުސްލިމު ނަސްލު އެއްކޮށް ނައްތާލުމަށެވެ. އެކަން އެންމެބޮޑަށް އެނގޭ ހެއްކަކީ ފަލަސްތީނުގެ އަލްމަޢްމަދާނީ ހޮސްޕިޓަލަށް ދިން ރަހުމެތްނެތް ލާއިންސާނީ އަނިޔާވެރި ހަމަލާއިން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އެހެންކަމުން ނަސްލު ނައްތާލުމަށް ޔަހޫދީން ހިންގާ އަނިޔާވެރި ހަރަކާތްތަކަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށާއި، މަސްޖިދުލް ހަރަމާއި، މަސްޖިދުލް ނަބަވީދެކެ ލޯބިވާފަދައިން މަސްޖިދުލް އަގްސާ އަށްވެސް ހިތްތަކުގައި މަތިވެރި މަގާމެއް ދެއްވަން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އިސްރާއީލުން ދަނީ ފަލަސްތީނުގެ ބިންތަށް ފޭރިގަނެ އެބިންތަކަށް ވެރިވަމުންނެވެ. ފަލަސްތީނާއި އިސްރާއީލު ސުލްޙަވެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެކަމުގެ ސަބަބުން އެޅޭ އިތުރު ހުރަހެއްކަމަށް އެކަންވަނީ ވެފައެވެ.
އިސްރާއީލުން ފަލަސްޠީނުގެ ކިބައިން ފޭރިގެންފައިވާ އެންމެހާ ބިންތަކުން ފައިބާ އަދި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނަން ޖޭހޭ ކަމަށާއި، 1967 ވަނަ އަހަރު ކަނޑައެޅި ފަލަސްތީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް އަބަދުވެސް ގަބޫލު ކުރަންޖެހޭ ކަމަށްބުނެފައިވެއެެވެ.

