ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ނުބައި ފިކުރުގައި ޖެހި ގައުމު އަނދަވަޅަކަށް ވައްޓާނުލާށެވެ!

މިނިވަން ކުރޭގެ ނަމުގައި އި ކުރިޔަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާން ބަދަލުވެ މި ކުޑަކުޑަ ދިވެހިރާއްޖެވެސް ބަދަލުވެ ސިޔާސީވެފައިވާ މިންވަރަކީ މަގެއް މައްޗަށް ނިކުތަސް ފިހާރަޔަކައް ވަނަސް ހޮޓަލަކައްވަނަސް ކޮންމެވެސް ސިޔާސީ ބަނދިވަރެއް އަޑުނީވޭ ހިސާބަކައް ދިއުމަކީ މިހާރު ވަރަށް އުނދަގޫކަމެކެވެ.

ދެމީހަކު އެއްތަން ވެއްޖިއްޔާ އިވޭނީ ކޮންމެވެސް ކުލައެއްގެ ޗާލުކަމާއީ ނަލަކަމުގެ ވާހަކަ އާއި އަނެއް ކުލައިގާ ހުރި ހަޑިކަމާއި ހުތުރު ކަމުގެ ވާހަކައިގެ އަޑެވެ. ހޮޓަލައްވަދެ ނުވަތަ ކެފޭއަކަށް ވަދެ ސައިބޯން ފަށާއިރު ބިސްމި ކިޔަން ހަނދާން ނުވިޔަސް ކޮންމެވެސް ސިޔާސީ މީހަކަށް ހަޔާތް ނުގޮވާ ކާއެތިކޮޅު ހަޖަމެއް ނުވާނެއެވެ. މި ހިޔާލުގައި ފާހަގަކޮއްލެވޭތޯ މިއުޅެނީ މި ގޮތައް މި ދެއްކޭ ވާހަކަތަކުގެ ދެއުޅިއެއް ނުވާ ކަމާއި މިވާހަކަދައްކާ މީހާގެ އަމިއްލަ ނަފްސަށްވެސް އެވާހަކަތައް ރައްދުވާކަން ޚުދު އެމީހުންނަށްވެސް ނުވިސްނޭކަމެވެ.

އެއްބަޔަކު ގޮވަމުން މިދަނީ އަނެއްބަޔެއްގެ ހުރި ލާދީނީ ކަމުގެ ވާހަކައެވެ. ރާބޯ ވާހަކައެވެ. އިސްލާމް ދީނަށް ފުރައްސާރަކުރާވާހަކައެވެ. މައްސަލައެއް ނެތެވެ. ތިހުރިހާވާހަކަޔަކާއި އަހަރުމެން އެއްބަސްވަމާހިނގާށެވެ. ނަމަވެސް ކުޑަކޮށް ފަސްއެނބުރި ބަލައިބަލާށެވެ. އެބަފެނޭހެއްޔެވެ. ސިވިލްސާވިސްގައި މަސައްކަތް ކުރާ ކަނބަލުންނާއި އެކި އޮފީސް ތަކުގައި މަސައްކަތްކުރާ ކަނބަލުން ބުރުގާ އެޅުން މަނާކޮށް މިކަމާ އިންކާރުކުރި މީހުންނަށް އަދަބުދިންތަން ފެނޭހެއްޔެވެ. މިކަމަށް ކިޔަންވީ ކޮން “ދީނީއެއް”ތޯއެވެ. އެކަމަކު މިހުރިހާކަމެއް ފެނި އެނގިހުރެވެސް ތަންމިނައް އަނގަ ހުޅުވާފައި ތިގޮވެނީ ކޮން އެޗެއްތޯއެވެ. އާނއެކެވެ. މިދަންނަވާ ސިޔާސީ ގުދޯ ގުދޯ ނޫންތޯއެވެ.

މިއީ އެއްކަލަވާހަކައެވެ. ޑެންމާކުގައި ކޮންމެސް މީހަކަށް ދެއްކުނު ހެލްޕްލައިންގެ ވާހަކަ ދެއްކި ޒަމާން ވެސް ގޮސްފިއެވެ. ދީން ރިފޯމް ކުރާވާހަކައެވެ. ހިޖާޒު ކަރައިން އައި މިޒަމާނާ ނުގުޅޭ ކަމުގެވާހަކައެވެ. މިހިސާބުން ދަތްކުނޑި ވިކޭނެ މީހުންވެސް ތިބޭނެއެވެ. އެކަމަކު ފިނި ސިކުޑިއަކުން ވިސްނާލައިފި ނަމަ ތިމަންނައަށް ރުޅިމިއާދެވެނީ ހައްގުން ނޫންކަން ވިސްނޭނެއެވެ. ކުރިން މިވިސްނުނީ އަމިއްލަ އިހުތިޔާރުގައި އަމިއްލަ ސިކުނޑިން ނޫންކަން ވިސްނޭނެއެވެ. އާނއެކެވެ، ކުރިން ތިވިސްނީ ވަކި ކުލައެއްގެ ވަކި ފިކުރެއްގެ ވަކިބަޔަކުދެއްކި ތޯތޯ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށެވެ.

މިފާހަގަ ކޮއްލީ ތަކުރާރުކޮށް މިހާރު މާލޭގައި ގޮވަމުންދާ ސިޔާސީ ގުދޯ ގުދޯގެ ތެރެއިން އެންމެ ގަދަޔަށް ކުލަތަކުން ދައުވާ ކުރަމުންދާ ދީނީ އާއި ލާދީނީގެ ވާހަކައިގެ ތެރެރެއިން ވަރަށް ކުޑަމިންވަރެކެވެ. މުސްކުޅިން ބުނެ އުޅެއެވެ.”ތިމާގެ ފޫކޮޅުގައި އޮންނަ ގުއިބުރި އެއްވެސް މީހަކަށް ނުފެންނާނެއެވެ” އެކެމަކު ކުރިމަތީގައި ހުންނަ މީހާގެ ގުއިބުރި ނިކަން ރީތިކޮން ފެންނާނެއެވެ. ބޮޑާކަމާއިއެކީ ކުރިމަތީ ހުރިމީހާއަށް ބަދުބަސް ބުނާއިރު އެއަށްވުރެ ބޮޑުގުއިބުރިއެއް ތިމާގެ ފޫކޮޅުގައި އިންކަން އެނގުމުން ދެންޖެހޭނީ ހަމަބިމަށް ފައިބާށެވެ. ލަދުން އިސްޖަހާލާށެވެ.

އެކެމަކު އޭރުން ހުންނާނީ ތިހޯދަން އުޅޭ ސިޔާސީ ހައިބަތު ގެއްލި ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލިފައެވެ. އެވަގުތު ފަހަތުގައި ތިބޭނީ ހަމައެކަނި ލައްޒަތެއްގެ ބޭނުމުގައި އާދެ ލައްބަ ކިޔާނެބައެކެވެ. މާދަމާވެސް ބާރު ކެނޑުމާއެކު ވަށައިގެން ހޯދާ ބަލާއިރު މެއްސެއް މާބުރެއްވެސް ނުފެންނާނެއެވެ. މިއީ މިހާރުވެސް ލޯ ކުރިމަތިން ފެންނަމުންދާ ހަޤީގަތް ނޫންތޯއެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: