ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގާލީ ކޮމިޓީތަކުގެ މައުލޫމާތުތަކުން ގައުމުގެ ހާލަތު ގޯސްވެފައިވާ މިންވަރު ހާމަވޭ: ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ހާލަތު ގޯސްވެފައިވާ މިންވަރު އިންތިގާލީ މަރުހަލާގެ ކޮމިޓީތަކުގެ ތެރެއިން ދެނެގަނެވެމުންދާކަމަށާއި، ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ މައްސަލަތައް ގިނަކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާއި ދެމެދު ބާކީ 25 ދުވަސް އޮތް އިރު، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި މީޑިއާތަކާއި ހިއްސާ ކުރެ އެވެ. އަދި ސަރުކާރުގެ ވުޒާރާތަކުންނާއި، އޮފީސްތަކުން މައުލޫމާތުތައް އެއްކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު އެއްކުރުމަށް ވަކިވަކި ކޮމިޓީތަކެއް ވަނީ އުފައްދާފަ އެވެ.

އެ ކޮމިޓީތަކުން ވަނީ ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި ބައްދަލުކޮށް މައުލޫމާތުތައް އެއްކޮށްފަ އެވެ. އެ ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ފާހަގަކުރެވުނު ބައެއް ކަންކަން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ހާމަކޮށްފައި ވެއެވެ.

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް ފެށީ 15 ދުވަހުން މަސައްކަތް ނިންމާލާ ގޮތަށް ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކުގެ ސަބަބުން ކަނޑައެޅި ވަގުތަށް މަސައްކަތް ނިންމާ ނުލެވުނެވެ.

ސަންގު ޓީވީގެ ”2023 ގެ ރައީސް ޑރ. މުހައްމަދު މުއިއްޒު“ ޝިޔާމް ވިދާޅުވީ ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ބައެއް އިދާރާތަކުން އެއްބާރުލުންދޭއިރު، އެހެން މުވައްސަސާތަކުން އެއްވެސް މިންވަރަކަށް މައުލޫމާތުތައް ފޯރުކޮށްނުދިނުން ކަމަށެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް އެކި ގޮތްގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރިނަމަވެސް އޭނާ ވިދާޅުވީ އެދެވޭ މަސައްކަތެއް ނުކުރެވުނީ މަޖިލީހުގައި ޕްރޮގްރެސިވް ކޯލިޝަނުގެ އަޑު ނީއްވުމުން ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރު ނިމުނުއިރު ގިނަ ކަންކަން ބޮސުންލައި، ރައްޔިތުންނަށް ވެފައިވާ ވައުދުތަށް ހުރީ ފުރިހަމަ ނުކުރެވި ކަމަށެވެ. ގައުމުގެ އިގްތިސާދީ، މާލީ އަދި ދަރީގެ ހާލަތަށް ބަލާލި ނަމަވެސް ހުރިހާ ކަމެއްވެސް ހުރީ ވަރަށް ގޯސް ހިސާބެއްގައި ކަމަށާއި ސަރުކާރުގެ 5 އަހަރުގެ މުއްދަތުގެ ތެރޭގައި އެކަންކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދިޔަނަމަވެސް ގައުމުގެ ހާލަތު ގޮސްފައިވާ ހިސާބު އެންމެ ބޮޑަށް ދިރާސާކޮށް ދެނެގަނެވުނީ އިންތިގާލީ މަރުހަލާގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ބައެއް އިދާރާތަކުގައި ކަންކަން ރަނގަޅަށް ލޮގް ކުރެވިފައި ނުވާކަމަށާއި އަދި މައުލޫމާތު ހިއްސާކުރުމަށް ބައެއް އިދާރާތަކުން ދެކޮޅުހަދާފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އިންތިގާލީ މަރުހަލާގައި ކޮމިޓީން ކުރަން ޖެހޭ ކަންކަން ނިމި އަދި ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އިންތިގާލީ މަރުހަލާގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް ހުރިހާ މުވައްސަސާއަކުންވެސް އެއްބާރުލުން ދިނުމަށް އޭނާ ވަނީ އެދިފައެވެ.

ޝިޔާމް ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރެއްގައި އެމަނިކުފާނަށް މަސައްކަތް ކުރަން ފަސޭހަ ވާނީ ހުރިހާ މުވައްސަސާއަކުން ވެސް އިންތިގާލީ މަރުހަލާގައި އެއްބާރުލުން ދީގެން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ ޑރ. މުއިއްޒުއަށް ބައްދަލުކުރައްވާ ޓްރާންސިޝަންއަކަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް ކަންކަން ހިނގަމުން ދިޔައީ ވިދާޅުވި ގޮތަށް ނޫން ކަމަށާއި އަދި އޭގެ ފަހުން ވެސް ދައްކަވާ ވާހަކަފުޅު ގަބޫލުފުޅު ނުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ލިބެންޖެހޭ އެއްބާރުލުން އިންތިގާލީ މަރުހާލާގައި ލިބެމުން ދާކަމަށްށެވެ. އަދި ވިދާޅުވީ ކޮމިޓީތަކުގެ ބޭފުޅުން ޑިސިޕްލިންވާނެ ކަމަށާއި އަދި އެބޭފުޅުން މުވައްސަސާތަކަށް ގޮސް މައުލޫމާތު ހޯދުމުގައި ވަކި ފޯމެޓެއް ގެންގުޅުއްވާ ކަމަށެވެ. ނަމަވެސް އެއީ އުނދަގޫ ފޯމެޓެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ އިންތިގާލީ މަރުހަލާގެ ކަންކަން މިހާރު ހިނގަމުން ދަނީ މީގެކުރިން އެ މަސައްކަތް ހިނގިގޮތަށް ނޫން ކަމަށެވެ. އަދި 2018 ވަނަ އަހަރު އިންތިގާލީ ކޮމިޓީތަކުގެ ޓީމުން މުވައްސަސާތަކަށް ވަދެ އަމަލުކުރި ގޮތަށް އަމަލު ނުކުރައްވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި ޑރ. މުއިއްޒު ލަފަޔާ އިރުޝާދުވެސް ދެއްވާފައިވަނީ އެއަށްވުރެ ތަހުޒީބު އަމާން ކަމާއެކު މަސައްކަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ ވުޒާރާތަކަށް ޒިޔާރާތް ކުރުމުގެ ކުރިން އެވުޒާރާތަކަށް އެކަން އަނގާފައިވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިނދާރާތަކާއި އޮފިސްތަކުގެ މާލި ހާލަތު ދަށަށް ގޮސްފައިވާ މިންވަރަކީ ނިހާޔަތަށް ކަންބޮޑުވާކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން އެކަންދިމާވާން މެދުވެރިވި ސަބަބަކީ ސިޔާސީ ނުފޫޒް އެތަންތަނުގެ ތެރެއަށް ވަނުންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: