ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ހަނގުރާމައިގައި ހިންގާ އަމަލުތައް އެންމެނަށްވެސް ސާފުވާންޖެހޭ: އޮބާމާ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލަށް ތާއީދުކުރިޔަސް އެ ގައުމުން ހަމާސް އާއި ހަނގުރާމުކުރުމުގައި އަމަލުކުރަމުންދާ ގޮތް ސާފުކޮށް އެނގެންޖެހޭކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

މެދުއިރުމަކީގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ހަމާސް އަދި އިސްރާއީލު ދެމެދުގެ ހަމަލާ ބަދަލުކުރުންތެރޭގައި އެ ގައުމުންދަނީ ޣައްޒާގައި ތިބި ފަލަސްތީނުގެ އާންމުނަށް ލާއިންސާނީ އަނިޔާތައް ދެމުންނެވެ. އިސްރާއީލަށް ތާއީދުކޮށް މީގެ ކުރިން ބަޔާންތައް ނެރިފައިވާ އޮބާމާ އަދި މިހާރު އެ ގައުމުގެ ރައީސް ގޮތުގައި ހުންނެވި ޖޯ ބަައިޑެންވެސްވަނީ އިސްރާއީލުން ހޮސްޕިޓަލުތައް ފަދަ ތަންތަނަށް ރޮކެޓު ހަމަލާދީ މީހުން މަރަމުންދާކަން އާންމުވެ ދޮގު ނުކުރެވޭ މިންވަރަށް ހާމަވުމާއިއެކު ބަސްމަގަށް ބަދަލުތަކެއް ގެނެސްފައެވެ.

އޮބާމާ ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަންކަމަށް ބަލާއިރު، ޣައްޒާގައިތިބި ފަލަސްތީނުގެ ރައްޔިތުން ލާއިންސާނީ ގޮތް ގޮތަށް ނިސްބަތްކުރުން ފަދަ ކަންކަމުން ރައްކައުތެރިކުރަންޖެހޭކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ކުޑަކަމަށް ދެއްކުމުންވެސް ރައްކައުތެރިކޮށްދޭންޖެހޭކަމަށާއި އެއީ ކޮން ތަނެއްގައި ތިބި ރައްޔިތުންތޯ ބެލުން މުހިންމު ނޫންކަމަށެވެ.

އޭނާ ވިދާޅުވީ، އޭގެ މާނައަކީ ފަލަސްތީނުގެ ރައްޔިތުންގެ އެތައް ޖީލެއް ހައްގުވެރިކަމާއިމެދު މައްސަލަތައް އުފެދިފައިވާ ސަރަހައްދުތަކުގައި ދިރިއުޅެމުން އައިސްފައިވާކަން އެއްބަސްވުންކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގެ މާނަކައަކީ އިސްރާއީލު އުފެދުމާއިއެކު ފަލަސްތީނުގެ އެތައް ރައްޔިތެއްގެ ގެދޮރުގެއްލިގެންދިޔަކަމާއި އަދިވެސް ވަޒަންވެރިވި ބަޔަކު ތަނެއްގައި ތިބި އެތައް ބަޔަކަށް ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުކުރަމުންދާކަންވެސް އެއްބަސްވުންކަމަށެވެ. އޭނާ ވިދާޅުވީ، މުޅި ދުނިޔެއިންވެސް ހިނގަމުންދާ ކަންކަން ގާތުން ބަލަމުންދާކަމަށާއި ފުރާނައިގެ އަގަށް ބެލުމެއް ނެތި އިސްރާއީލުން އަޅާ ކޮންމެ އަސްކަރީ ފިޔަވަޅެއްގެ ސަބަބުންވެސް އެ ގައުމަށް ބޮޑެތި ގެއްލުންތައް ލިބިގެންދިއުމުގެ ފުރުސަތު އޮތްކަމަށެވެ.

ވަރަށް ގަދަ
91%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: