ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޖާއިޒް މަންފާއެއް ލިބޭ ކަމެއް ނުކުރަން: ގަސަމް

އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނާޖާއިޒް މަންފާއެއް ލިބޭގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށް އެފްއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

ތިލަފުށީގައި އެފްއެސްއެމްގެ މަސައްކަތްތައް ކުރަމުންދިޔަ ސައިޓެއްގައި ކޮންކްރީޓު ގަށާ މެށިނެއް ބޭނުންކޮށްގެން ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލި މައްސަލައިގައި މުއައްޒިފަކު ސަަސްޕެންޑުކޮށްފައިވާއިރު، އެއީ ހިންގާފައިވާ ނޭދެވޭ އަމަލުތަކެއް ފޮރުވުގެ ގޮތުން ގަސަމްގެ ބެއްލެވުމުގެ ދަށުން ހިނގިކަމެއް ކަމަށް ބުނެ ބައެއް މީހުންދަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

އެ ވާހަކަތަކަށް އަލިއަޅުއްވައި ކުރެއްވި އެކްސްއެއްގައި ގަަސަމް ވިދާޅުވީ، ބަޔަކު މީހުންދަނީ އެ މައްސަލައަކީ އޭނާގެ ޝާމިލުވުމެއް އޮތްކަމެއްކަމަށް ދެއްކުމަށް މަސައްކަތްކުރަމުންނެވެ.

ގަސަމް ވިދާޅުވީ އެއީ ފިނޑި އަމަލެއްކަމަށެވެ. އެހެންކަމުން އޭނާ އަދިވެސް ހުންނެވީ މައިންބަފައިން ދެއްވި ހެޔޮ ތަރުބިއްޔަތުމަތީގައިކަމަށް ދަންނަވާކަމަށާއި ކޮށްފައިވާ ހަލާލު މަސައްކަތުން ލިބޭ އެއްޗެއް ނޫނީ އަނބިދަރިންގެ އަރުން ނުވަނަ ކަންވެސް ޔަގީންކުރަމުންދާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފްއެސްއެމްގައި ކޮށްފައިވާ ކޮންމެ މަސައްކަތެއްވެސް ކޮށްފައިވާނީ ކުންފުނީގެ ކުރިއެރުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ނާޖާއިޒް މަންފާއެއް ލިބޭނެ ގޮތަށް ކޮށްފައިވާ ފޮރުވަންޖެހޭނެ ވަރުގެ ކަމެއް ނޯންނާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

އެފްއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ނައްތައިލި ލިޔެކިޔުންތަކަކީ އެ ކުންފުނީގެ ގުދަނުގައި ހުރި ބޭނުމެއް ނުކުރެވޭ ގިނަ ދުވަސްވީ ލިޔުންތަކެއް ކަމަށެވެ. ނަަމަވެސް ދައުލަތުގެ ލިޔެކިޔުން ނައްތައިލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ޚިލާފަށް އެ ލިޔެކިޔުން ނައްތައިލި މައްސަލަ ޤައުމީ އަރުޝީފުން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވެއެވެ. އަދި އެ މައްސަލަ ބަލައިދޭން އޭސީސީންވެސް އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: