ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް އިރު އިތުބާރު އޮތިއްޔާ، ދެން އަންނަ ހަފުތާގައި އެ އިތުބާރު ގެއްލޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް އިރު އިތުބާރު އޮތިއްޔާ، ދެން އަންނަ ހަފުތާގައި އެ އިތުބާރު ގެއްލޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނުސީދާ ރައްދެއް މިއަދު ދެއްވައިފިއެވެ.

އޭޑީކޭގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފެށުމުގެ ގޮތުން އޮތް ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އަލިއަޅުއްވާލެއްވެވީ، އެ ހަފްލާ ޝަރަފުވެރިކޮށްދެއްވުން އެ މަނިކުފާނާ ހަމައަށް އައި ސަބަބު ތަފުސީލު ކުރައްވަމުންނެެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް މިދަނީ އިންތިގާލީ މަރުހަލާގެ މުއްދަތެއް ކަމަށާއި އެހެންކަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށާއި ޑރ. މުހައްމަދު މުއިއްޒަށް ވެސް މިފަދަ ރަސްމީ ހަފްލާއެއް ޝަރަފުވެރިކޮށްދިނުމުގެ ފުރުސަތު ނެތް ކަމަށެވެ.

”އަޅުގަނޑުމެންގެ ތެރޭގައި ހުރީ ވެރިކަމާ ހަވާލުވާން ތައްޔާރުވަމުން އަންނަ ރައީސެއް. އެހެންކަމުން އެ ބޭފުޅާ [ޑރ. މުހައްމަދު މުއިއްޒު]އަށް މި ހަފްލާ ޝަރަފުވެރިކޮށް ނުދެވޭނެ. ދެން ހުރީ މަގާމުގެ ވާޖިބުތައް ދޫކުރައްވައި ވަޑައިގަންނަވާ ރައީސެއް [ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު]. އެހެންކަމުން އެ ބޭފުޅާއަށް ވެސް މި ހަފްލާ ޝަރަފުވެރިކޮށް ނުދެވޭނެ. ހަމައެކަނި ހުރި މީހަކީ އަޅުގަނޑު،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެ މަނިކުފާނު ވިދާޅުވީ މިހާރު އެ މަނިކުފާނަށް ވެސް އެ ކަން ކުރެވިދާނެތޯ ބައެއް ފަހަރު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ކުރިމަތިވެވަޑައިގަންނަވާ މައްސަލައަކީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމަށް ބުނެ އޮތް މައްސަލަ ކަމަށް ވިދާޅުވިއެވެ.

”މިދިޔަ ހަފުތާ ނޫން އޭގެ ހަފުތާ އަޅުގަނޑާމެދު އެ ބޭފުޅުންގެ އިތުބާރެއް ނެތް. އޭގެ ފަހުން އައި ހަފުތާގައި އިތުބާރު އޮތް. އެކަމު މިހާރު އަނެއްކާ ވެސް އިތުބާރެއް ނެތް،“ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެޖޯރިޓީއަށް ނިސްބަތްވާ މެންބަރުންނަށް އިޝާރަތްކުރައްވައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ ހަފުތާގައި އަނެއްކާ ވެސް ކަންކަން ހިނގާނެ ގޮތަކާއި މެދު ޝައުގުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއި އެކު ހުށަހެޅި ގަރާރު ބަލައިގަނެ، އެ މަނިކުފާނަށާއި މަޖިލިސް މެންބަރުންނަށް ވަނީ ނޯޓިސް ވެސް ފޮނުވާފައެވެ. އެމްޑީޕީން އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން ދަނިކޮށް ނަޝީދު ވަނީ، އިތުބާރު ނެތް ކަމުގެ މައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެންމެ މައްސަލައެއް ކަމަށާއި، އެމްޑީޕީން މިދިޔަ ދައުރުގައި އެފަދަ މައްސަލައެއް ހުށަހަޅައި، މި ދައުރުގައި އެ މައްސަލަ އަނބުރާ ގެންގޮސްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: