ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަދަލުގެ ގޮތުގައި ސަރުކާރުން 373 މިލިއަން ރުފިޔާ ހަރަދުކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ގޮތުގައި ސަރުކާރުން 373 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ހިނގާ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި ސަރުކާރުން ހޭދަކޮށްފައިވަނީ 373.8 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ނަމަވެސް ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަށް މި އަހަރުގެ ބަޖެޓުގައި ހާއްސަކޮށްފައިވަނީ 101.2 މިލިއަން ރުފިޔާއެވެ. ބަޖެޓު ކުރި އަދަދަށްވުރެ އިތުރަށް 272.6 މިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ވަނީ ސަރުކާރުން އެކި ފަރާތްތަކަށް ދީފައެވެ.

ބަދަލުގެ ގޮތުގައި މިދިޔަ އަހަރު ސަރުކާރުން 45 މިލިއަން ރުފިޔާ ދީފައިވާއިރު 2021 ވަނަ އަހަރު ބަދަލުގެ ގޮތުގައި 229.8 މިލިއަން ރުފިޔާ ދީފައިވާކަން ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރަށް ކަނޑައެޅި 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް، އޭގެ އިތުރުން 5.6 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މިހާރު ވަނީ ހުށަހަޅައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: