ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނދުކޭތަ މިރޭ ހިފާތީ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ދެވަނަ ހަނދުކޭތަ މިރޭ ހިފާތީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އަންގައިފިއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މިރޭ މެންދަމުން އަލިވެ 01:15 ގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމު އެރަށެއްގެ ކައުންސިލުން ހަމަޖައްސައިދިނުމަށް އިސްލާމިކް8 މިނިސްޓްރީން ވަނީ އެދިފައެވެ.

އިސްްލާމިކް މިނިސްޓްރީން ބުނެފައިވަނީ ހަނދުކޭތަ ހިފަން ފަށަނީ ރާއްޖެ ގަޑިން މިރޭ 23:01 ގައި ކަމަށާއި އަދި އެންމެ ބޮޑަށް ހަނދު ކޭތަ ހިފާފައި ހުންނަނީ މިރޭ މެންދަމުން އަލިވެ 01:14 ގައި ކަމަށެވެ. އަދި ހަނދުކޭތަ ވީއްލާނީ ރާއްޖެ ގަޑިން މިރޭ މެންދަމުން އަލިވެ 03:26 ގައި ކަމަށް ވެސް ބުނެފައިވެއެވެ. އެހެންކަމުން މިއަދު ކޭތަ ނަމާދުގެ ހުތުބާ އެ މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހަނދުކޭތަ ހިފާނީ ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުން، ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ. ކޭތަ ހިފަނީ ހަނދުމަހުގެ މެދުތެރޭގަ އެވެ. މިއަހަރުގެ ފުރަތަމަ ހަނދު ކޭތަ ހިފާފައި ވަނީ މޭ މަހުގެ ތެރޭގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: