ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ފަހުން ބޭސް ނެގޭނީ ފޯނަށް އަންނަ އޯޓީޕީ ދިނުމުން!

ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭސް ސިޓީތަކަށް ބޭސް ދޫކުރުމުގައި ފޯނަށް ލިބޭ އޯޓީޕީއަކާއި އެކު ނޫނީ ބޭސް ނުލިބޭގޮތަށް ބަދަލުކޮށް ބޭސް ދޫކުރުމުގައި ކުރިން އަމަލު ކުރަމުން އައި އުސޫލަށް ބަދަލު ގެނެސްފިއެވެ.

ބޭސް ސިޓީއަަށް ބޭސް ދޫކުރުމުގެ އުސޫލަށް އާސަންދަ ކުންފުނިން މި ގެނައި ބަދަލުގައި އެ ކުންފުނިން ބުނީ މި އުސޫލުގެ ދަށުން އޯޓީޕީ ލިބޭނީ ބޭސް ނަގަން އަންނަ ކަސްޓަމަރުގެ ފޯނަށް ކަމަށެވެ. ބޭސް ލިބުމުގެ ޓްރާންސެކްޝަން ފުރިހަމަވާނީ ބޭސް ނަގަން ބޭސް ފިހާރަތަކަށް ދާ މީހެއްގެ އައިޑީ ކާޑު ނަމްބަރާއި، ފޯނު ނަމްބަރު އަދި އޯޓީޕީ ވެސް ފާމަސީގެ ކައުންޓަށްރަށް ދިނުމުންނެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު “ސަންގު” އަށް ވިދާޅުވީ ޕޯޓަލްއަށް ވަނުމުން ޑިސްޕެންސިން ކޯޑެއް އޮޓޯ ޖެނެރޭޓްކޮށް، ދީފައިވާ މޯބައިލް ނަމްބަރަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ. އަދި ޑިސްޕެންސިން ކޯޑްއާއި، ފާމަސިސްޓު އީ ކޯޑް އެންޓަރ ކުރީމާ ޕޯޓަލް އިން ޓްރާންސެކްޝަން ހެދޭނެކަމަށް އޭނާ ބުންޏެވެ.

އާސަންދައިން ބުނީ ބޭސް ސިޓީ އަށް ބޭސް ދޫކުރާނީ މާލޭގައި ހުންނަ ބޭސް ފިހާރަތަކުން އެކަނި ކަމަށެވެ. މިއީ ބޭސް ނެގުމުގެ އުސޫލަށް މި ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. އާސަންްދައިން ބުނީ މި ގޮތަށް މިހާރު ބޭސް ސިޓީއަށް ބޭސް ދޫކުރި ނަމަވެސް އަތޮޅު ތެރޭގައި ވެސް މި އުސޫލުގެ ދަށުން ބޭސް ދޫކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ.

ބޭސް ފިހާރަތަކުން މީގެ ކުރިން ބޭސް ދޫކުރުމުގައި ބަލަނީ ބޭސް ސިޓީއަކީ ހޮސްޕިޓަލެއްގެ ނުވަތަ ކްލިނިކެއްގެ އިތުރުން ސިއްހީ މަރުކަޒަކުން ދޫކޮށްފައިވާ ތައްގަނޑު ޖަހާފައިވާ ލިއުމެއް ކަމަށްވާނަމައެވެ. މިހާރު ބޭސް ސިޓީއަށް ބޭސް ނެގުމުގައި މި ގެނައި ބަދަލާއެކު އާސަންދައިން ބުނީ ފާމަސީތަކަށް ގެންދާ ބޭސް ސިޓީގެ ކަށަވަރުކަން ޔަގީންވެ ބޭސް ނަގަން ފާމަސީތަކަށް ނުދަނީސް ކުރެވޭ މުއާމަލާތް ހެދުން ހުއްޓުމަކަށް ގެނެވޭނެ ކަމަށެވެ.

އާސަންދައިގެ ދަށުން ރާއްޖޭގައި 400 އަށް ވުރެ ގިނަ ފާމަސީތަކުން ބޭސް ދޫކުރަމުންދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: