ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ހަމަނުޖެހުން ހިންގި، ޖިނާއީ ކުށެއް އެކުލެވޭނަމަ ތަހުގީގު ކުރަން ޖެހޭ: ޑިމޮކްރެޓްސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެމްބަރުން މަޖިލީހުގެ އިދާރީ މުއައްޒަފުންނާއި މިއަދު މަޖިލީހުގައި ދިމާކޮށް އެބޭފުޅުންނަށް ގެއްލުންދީފައިވާތީ އެކަމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ދަ. ޑިމޮކްރޭޓްސް ޕާޓީން ބުނެފިއެވެ.

ޑިމޮކްރޭޓްސް ޕާޓީން ނެރުނު ނޫސްބަޔާނެއްގައި މިފަދައިން ވިދާޅުވެފައިވާއިރު، މިއަދު މަޖިލީހުގައިވަނީ އެމްޑީޕީ މެމްބަރުން ހަމަނުޖެހުން ހިންގާފައެވެ. އެމްޑީޕީ މެމްބަރުން މަޖީލީހުގައި ހަމަނުޖެހުން ހިންގާ އިދާރީ މުއައްޒަފުންނަށްވަނީ ހަމަލާދީފައެވެ. އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވަނީ ރިޔާސަތު ގޮނޑި ކޮޅަށް އަރާފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެމްޑީޕީން ހުށައަޅާފައިވާ އިތުބާރުނެތްކަަމުގެ މައްސަލަ މިއަދަށް ތާވަލް ކުރި ނަމަވެސް މަޖިލީހުގެ ނައިބުރައީސް އީވާ އަބަދުﷲ މަޖިލީހަށް ހާޒިރުވެފައި ނުވާތީ މަޖިސް ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ.

މަޖިލީހުގެ އިދާރީ މޭޒުން ވިދާޅުވީ އީވާ އަބްދުﷲ މަޖިލީހަށް ހާޒިރުވެފައިނުވަނީ ލިއުމުން ސަލާމް ފޮނުއްވުމަށްފަހުގައި ކަމަށެވެ. އީވާ ހާޒިރުވެފައި ނުވާތީ ރައިސް ނަޝީދުގެ އިތުބާރުގެ މައްސަލަ މިއަދަށް ތާވަލް ކުރިނަމަވެސް އެމައްސަލަވަނީ މާދަމާއަށް އެޖެންޑާކޮށްފައެވެ.

ދ. ޑިމޮކްރޭޓްސް ޕާޓިން ބުނީ އީވާ އަބްދުﷲ މަޖީލީހަށް ހާޒިރުވެފައި ނުވާ ސަބަބު މަޖިލީހުގެ އިދާރާއިން ވިދާޅުވުމާއިގުޅިގެން އިދާރީ މޭޒު ދޮށަށް އެމްޑީޕީ މެމްބަރުންއެއްވެ ހަޑިހުތުރު އެއްޗެތި ގޮވައި ކައުންސެލް ޖެނެރަލްގެ އެއްޗެއްސަށް ގެއްލުންދިނުން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި މަރަދޫ ދާއިރާގެ މެމްބަރު ރިޔާސަތު ގޮނޑި ކޮޅުގައި އިށީިނުމަކީވެސް ވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

މަޖިލީހުގައި އެމްޑީޕީ މެމްބަރުންގެ އަމަލުތައް މިއަދު ބެހެއްޓެވީ ވަރަށް ނާތާޒުހީޒުބު ގޮތަކަށް ކަމަށާއި، އަދި އެ އަމަލުތަކުގައި ޖިނާއީ ކުށެއްވާނަމަ ބަލައިދިނުމަށް ގޮވާލާ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: