ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ހުށައެޅި މައްސަލަ ކޯޓުން ބަލައިގެންފި

މަޖިލީހުގައި ރައިސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ގެންގޮސްފައިނުވާތީ އެ ކަމަށް ހައްލު ހޯދުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބަލައިގަނެފިއެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަނަސް އަބްދުއްސައްތާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގަނެ މައްސަލަ ހުށަހެޅުމުގެ ހުއްދަ ކޯޓުން ދީފައިވާ ކަމަށެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ދެ ކަމަކަށެވެ. އެއީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. ދެވަނަ ކަމަކަށް އެދިފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށެވެ.

ސުޕްރީމް ކޯޓުން މައްސަލަ ނިންމައިފިނަމަ ނޮވެމްބަރ 17 ވަނަ ދުވަހު ޑރ.މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ނަޝީދު މަގާމުން ދުރުކުރަން ޖެހޭނެއެވެ. އެހެން ނޫނަމަ މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާ ނުބޭއްވޭނެއެވެ.

އެމްޑީޕީން ތުހުމަތުކުރަނީ ޖަލްސާއަށް އީވާ ވަޑައިނުގަންނެވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ލަސްކުރުމަށް ކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅައި އެމައްސަލަ ކުރިއަށް ގެންދާނަމަ ރިޔާސަތުގައި އިންނަވާނީ މަޖިލީހުގެ ނައިބުރައީސްކަމަށެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އެމްޑީޕީގެ 49 މެންބަރުންގެ ސޮއިއާއި އެކު ހުށަހަޅާފައިވާ މައްސަލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: