ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިންމާ، ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެމްޑީޕީ ބައިވެރިނުވާނެ

އެމްޑީޕީގެ ޕީޖީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. -- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނުނިމި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ވިސްނުމެއް ނެތްކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މިއަދުގެ ޖަލްސާއަށް ބަޖެޓުގެ މަސައްކަތްތަކެއް އެޖެންޑާ ކުރުމުން، އެކަމަށް ދެކޮޅު ހަދައި އެމްޑީޕީން އިހުތިޖާޖު ކުރީ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްދޭން އެދި އެވެ. އަދި އެ ނޫން ގޮތަކަށް ޖަލްސާ ކުރިޔަށް ނުގެންދެވޭނެކަމަށް ވެސް މެމްބަރުން ވަނީ ބުނެފަ އެވެ.

ޖަލްސާ ކުރިޔަށް ނުގެންދެވި، ނިންމާލަން ޖެހުނުއިރު އެ މައްސަލައިގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އަސްލަމް ވަނީ ޒާތީ ޓެގުތައް ދޭތީ އެއީ އެކަން ހިނގާ ގޮތް ނޫންކަމަށް ވިދާޅުވެފަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ވެސް ގަބޫލު ކުރެވޭނެ ގާނޫނީ ހަމައެއް ރައީސް ނަޝީދު ވަކި ނުކުރެވޭ ހާލަތެއްގައި ނެތްކަމަށް ވިދާޅުވާ ވާހަކަ އަސްލަމް މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް އެއްވެސް އިތުބާރެއް ނެތްކަމަށާއި، އެހެންކަމުން ރައީސް ނަޝީދު ހުންނަވައިގެން ކުރައްވާ ހުވައެއްގެ ވެސް ގާނޫނީ ބުރަދަނެއް ނޯންނާނެ ކަމަށެވެ. އޭގެ ސަބަބެއްކަމަށް އަސްލަމް ވިދާޅުވީ އެއީ ޖުމްހޫރީ މައިދާނުގައި ބާއްވާ ޖަލްސާއެއް ނަމަވެސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ މަޖިލީހުގެ ޖަލްސާއެއް ކަމަށެވެ.

ނޫސްވެރިންގެ ބައެއް ސުވާލުތަކުގެ ޖަވާބު ދެއްވުމުގައި އަސްލަމް ވަނީ ޖަލްސާގައި ބައިވެރިނުވާނެކަމުގެ އިޝާރާތެއް ވެސް ކުރައްވާފަ އެވެ. އެކަމާ ގުޅޭ ސާފު ޖަވާބެއް ދެއްވުމަށާއި، ރައީސް ނަޝީދުގެ ނަން ބޭނުންކޮށްގެން މުއިއްޒު ހުވާ ކުރެއްވުމަށް ފަހު ވެސް ދެކޮޅަށް ބޭނުން ކުރާނެ ހަތިޔާރެއް ހޯއްދެވީތޯ ކުރި ސުވާލަށް އަސްލަމް ވިދާޅުވީ އެފަދަ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.

އަޅުގަނޑުމެން މަޖިލީޖިހުގެ ގަވައިދާ ހިލާފަށް ބާއްވާ ޖަލްސާއަކަށް… ވަކި ގޮތެއް އަދި ނުނިންމަން… އެހެން ނަމަވެސް އަޅުގަނޑުމެންގެ ޕާލިމަންޓްރީ ގުރޫޕުގެ ރޫހެއް ނެތް ޖަލްސާއަކަށް ހުރަސްއެޅުމަށް

އެއާއި އެކު ދެން އަސްލަމް ވިދާޅުވީ އެހެން ނަމަވެސް ބައެއް ކަންކަން ކުރެވިދާނެ ކަމަށެވެ. އެއީ ކޮންކަމެއްތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ އެއީ ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތެއްކަމަށާއި، އެހެންކަމުން އެހާ ގިނަ ބައެއްގެ ތެރޭގައި އަޑުގަދަ ކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. އެކަމަކު ޕާލިމަންޓު ގުރޫޕުގެ ބައެއް މެމްބަރުންގެ އެކި ހިޔާލުތައް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަޑުގަދަނުކޮށް ވެސް، ޝުއޫރުފާޅު ކުރެވެނެކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މުއިއްޒުގެ ރަސްމިއްޔާތަށް ހުރަސްއެޅުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

އަޅުގަނޑުމެން ދަންނަވާފައި ވާނީ ގަބޫލެއް ނުކުރަމޭ އެފަދަ ޖަލްސާއެއްގައި ކުރައްވާ ހުވައަކީ ގާނޫނާ، ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތީން ކުރެވޭ ހުވައެއްކަމަށް.. ދެން އެފަދަ ޖަލްސާއެއް ޕާލިމަންޓްރީ ގުރޫޕުގައި ތިއްބެވި މެމްބަރުންނާ ނުލާ، 55 މެމްބަރުން ނުހިމަނާ ވެސް ކޯރަމް ލިބޭނެ

އަސްލަމް ވިދާޅުވީ ބޭނުން ވަނީ މައްސަލަ ހައްލުކޮށް، ރަސްމިއްޔާތުގައި ތިބެވޭނެ ގޮތެއް ކަމަށެވެ. އަދި ގަބޫލު ކުރާ ގަވައިދާއި، ގާނޫނު އަސާސީގެ ވެސް ރޫހާ އެއްގޮތުގެ މަތީން އިތުބާރު ހިފޭތޯ ނުވަތަ ބެއްލެވުމަށް ފަހު އައު ރައީސް ހުވާ ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: