މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުވުމުން މާދަމާގެ ޖަލްސާ ވެސް ކެންސަލްކޮށްފި އެވެ.
ބުދަ ދުވަހުގެ ޖަލްސާ ކެންސަލްވިކަން މެމްބަރުންނަށް ރަސްމީކޮށް ވަނީ އަންގާފަ އެވެ. އަދި ސަބަބު ބަޔާންކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕަށް ސިޓީއެއް ފޮނުވި އެވެ. އަދި ސިޓީ އެ ޕާޓީން ވަނީ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.
މިއަދުގެ ވެސް ޖަލްސާ ކުރިޔަށް ނުގެންދެވި ނިންމާލީ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށަހަޅާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ އެޖެންޑާގައި ހިމަނާފައި ނެތުމުން، އެ އިސްލާހު ކުރުމަށް އަސްލަމް ނިއުޝާއަށް ސިޓީ ފޮނުވާފައި ވަނިކޮށެވެ.
އެ ސިޓީގައި އެދުނީ ވޯޓު ނެގުން އެޖެންޑާ ކުރި ދުވަހު ޖަލްސާ ކެންސަލް ކުރީ ކާކުގެ އެންގުމަކަށްތޯ ވެސް ސާފުކޮށްދިނުމަށެވެ.
މިއަދުގެ ހެނދުނު ޖަލްސާ ފެށުމުގެ ކުރިން ވެސް މެމްބަރުން ތިބީ އަޑުގަދަރަ ކުރާ ހިފައިގެން މަޖިލީހުގެ ރިޔާސަތު ކައިރީގަ އެވެ. އަދި އަޑުގަދަކޮށް ބުނަމުން ދިޔައީ އިތުރު އެއްވެސް މަސައްކަތަކަށް ޖާގައެއް ނެތްކަމަށާއި، އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަން ޖެހޭ ކަމަށެވެ.

