ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖުތިމާއީ މައްސަލަ ތަކަށް ގައުމީ ފެންވަރެއްގައި ވިސްނަން ޖެހޭ: އާޒިމާ

ކުރީގެ ބަންޑާރަނައިބު އާަޒިމާ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށުގެ ވެއްޓަށް މީހުން ދިއުމުގެ ކުރިން އެކަންކަމަށް ހައްލެއްހޯދަވަން ޖެހޭނެ ކަމަށާއި އަދި އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ގެންނަވާނެ ކަމަށް ކުރީގެ ބަންޑާރަނައިބު އަދި މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަ ކުރައްވާނެކަން އިއުލާނު ކޮށްފައިވާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމަށް ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވަން އާޒިމާ ނިންމަވާފައި ވާއިރު ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިޖުތިމާއީ މައްސަލަތަކާއި މުޖުތަމައުގައި ހުރި ގިނަ ކަންބޮޑުވުން ތަކުގެ ވާހަކަ އާޒިމާ ވަނީ ދައްކަވާފައެވެ.

ކުށުގެ ވެއްޓަށް މީހުން ހުށަހެޅުމާއި އަދި ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަކީ ގައުމީ ފެންވަރެއްގައި ވިސްނަން ޖެހޭ މައްސަލަ ތަކެއް ކަމަށް އާޒިމާ ވިދާޅުވިއެވެ. ކުށުގެ ވެށީގެ މައްސަލަތަކަކީ އެމައްސަލަތަކުގެ ދެބައިކުޅަ އެއްބައި މާލޭގައި ހިނގާ ކަންކަން ކަމަށް ވިދާޅުވިއެވެ.

މުޖުތަމައުގައި ހިނގާ މައްސަލަ ތަކުގެ ތެރޭގައި ކުށުގެ މައްސަލަ ތަކަކީވެސް ވަރަށް ކަންބޮޑުވާ މައްސަލަ ތަކެއް ކަމަށް ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ އެ މައްސަލަ ތަކަށް ހައްލު ގެންނަން ޖެހޭ ކަމަށެވެ.

އާޒިމާ ވިދާޅުވީ ކުށުގެ ވެއްޓަށް މީހަކު ވަނުމުގެ ކުރިން އެކަމަށް ހައްްލެއް އޮންނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ކުށް ކުރުމުގެ ފަހުން އެކަމަށް ހައްލު ގެނައުމުން އެންމެ އެދެވޭ ނަތީޖާއެއް އެކަމުން ނުނިކުންނާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ކުރެއްވި ދިރާސާތަކުން 14 އަހަރުގެ ކުދިން ފުލުހުންގެ ސަމާލުކަމަށް 91 ފަހަރު އަންނަ އިރު އެކަމަށް ހައްލެއް ނުގެނެވި އޮތުމަކީ އެއީ ކަންބޮޑުވާ ކަމެއްކަމުގައި ފާހަގަކޮށް އެކަމަށް ހައްލެއް ހޯއްދަވާދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޖެންޑަރ ނެޓްވޯކުގެ ތެރޭގައި ހުންނަ ކުދިންވެސް ކުށުގެ ވެއްޓަށް ދާކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ދިމާވާ އިޖުތިމާއީ މައްސަލަތަކަކީ މާލޭގެ އާބާދީގެ ތެރެއިން ރަނގަޅު ކުރެވޭނެ ކަންކަން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިޖުތިމާއީ މައްސަލަތަކުގެ އިތުރު ކަމެއްގެ ގޮތުން އާއިލާތަށް އެކީ މުނިފޫހި ފިލުވާލުމަށް މާލެ ސަރަހައްދުގައި ރަނގަޅު ތަންތަން ބިނާ ކުރެވިފައި ނެތް ކަމަށް އާޒިމާ ވިދާޅުވިއެވެ. އެކަށީގެންވާ ކުތުބުހާނާތަށް މާލެގައި ނެތުމުން ރާއްޖޭގެ މީހުންނަކީ ފޮތާއި ދުރު އިލްމަށް ލޯބި ނުކުރާ ބަޔަކަށް ވެފައިވާކަމަށް ވިދާޅުވިއެވެ.

ޅައުމުރުފުރައިގެ ކުޅަދާނަ ލުޔުންތެރިންނާއި އަދި ކުރެހުމާއި މިފަދައެތަށްކަމެއް ކުރާނެ ކުދިންނަށް އެކަންކަން ކުރުމަށް ކުއްޔަށް ނަގައިގެން މަސައްކަތް ކުރެވޭނެ ފަދަ އިމާރާތެއްވެސް ގާއިމުވެފައި ނެތްކަމަށް ވިދާޅުވެ އާޒިމާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މީގެއުތުރުން އާޒިމާ ވިދާޅުވީ 21 ވަނަ ގަރުނުގައި އެންމެ އަގު ބޮޑު އަދި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއްތަނަށް ރާއްޖެ ވެފައިވާއިރު މިގައުމުގައި ހުންނަށް ޖެހޭ އެތަށް މުހިންމު އިމާރާތްތާކާއި ފާހާނާ ކޮށްލެވޭނެ ތަންތަން ނެތުމަކީ ކަންބޮޑު ވާކަމެއް ކަމަށެވެ.

އެހެންކަމަވެސް ސަރުކާރާއި ގުޅިގެން މުޖުތަމައިގައި ހިނގާ ކަންކަމަށް ހައްލެއް ގެނައުމަށް ހަރުދަނާ އުސޫލުތަކެއް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑރ މުއިއްޒުގެ ސަރުކާރެއްގައި އެކަން އެމަނިކުފާނު ކުރައްވަން ޕްލޭން ތަކެއް ހައްދަވާފައި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: