ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ޝަކީލް ރިޓަޔަރކުރަން ޖޭއެސްސީން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު ޝަކީލް ރިޓަޔަރކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ފަނޑިޔާރު ޝަކީލް ފަނޑިޔާރުކަމުން ރިޓަޔާވުމަށް އެދި ހުށަހެޅުއްވީ ސިއްޚީ ސަބަބަކާއި ގުޅިގެންނެވެ.

އެގޮތުން ފަނޑިޔާރުންގެ ރިޓަޔަރމެންޓް ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ބައްޔާއިބެހޭ ސްޕެޝަލިސްޓް ޑޮކްޓަރުގެ ލިޔެކިއުމާއެކު ރިޓަޔާވުމަށް އެދި ފަނޑިޔާރު ޝަކީލް ހުށަހެޅުއްވިކަން ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ފަނޑިޔާރު ޝަކީލް ރިޓަޔާ ކުރެއްވުމަށް ނިންމީ އިއްޔަ ބޭއްވި ޖޭއެސްސީގެ ކޮމިޝަންގެ ޖަލްސާގައި ވޯޓްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

ޖޭއެސްސީން މައުލޫމާތުދޭގޮތައި ފަނޑިޔާރު ޝަކީލަށް ކުރިމަތިވެފައި ވަނީ ހިތުގެ ބައްޔެކެވެ. އަދި އެ ބަލީގެ ސަބަބުން ދެ ފަހަރެއްގެ މަތިން ޕޭސްމޭކަރ ލައްވާފައިވާ ކަމަށާއި، މި ބައްޔާހުރެ މިހާރު ކުރިމަތިވަމުންދާ އުނދަގޫތަކާ ގުޅިގެން ޑޮކްޓަރު ދެއްވާފައިވާ ރެކޮމަންޑޭޝަންތަކަށް ކޮމިޝަނުން ގޮތެއް ނިންމުމުގައި ބުރަވެފައި ވާނެ ކަމަށްވެސް ޖޭއެސްސީން މައުލޫމާތު ދީފައިވެއެވެ.

އަލްއުސްތާޛު އަހުމަދު ޝަކީލް ފަނޑިޔާރުކަމުގެ މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރެވުނީ 23 މާރިޗު 2003 ގައެވެ.

20 އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގެ އިތުރުން ސިވިލް ކޯޓުގައި މަސައްކަތް ކުރެއްވިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުމާ ހަމައަށް އަލްއުސްތާޛު އަހުމަދު ޝަކީލް ހުންނެވީ ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމުގައެވެ. ޝަކީލް އަކީ ވިލާކޮލެޖްއިން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީޢާ އަދި މާސްޓަރ އޮފް ޝަރީޢާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވައި ކުރެއްވީ 13 މާރިޗު 2023 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: