ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އައްޑުއަށް: މަޖިލިސް އިންތިހާބަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރާނެ!

އައްޑޫ ދަތުރާއި ގުޅޭ ގޮތުން އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ތާއީދު ހޯދުމާއި، ޕާޓީއަށް ތާއީދު އިތުރުކުރުމުގެ މަސައްކަތަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްއިން އައްޑޫއަށް ވަޑައިގެންފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އައްޑޫއަށް ކުރަމުންދާ ދަތުރާއި ގުޅޭ ގޮތުން މައުލޫމާތުދެއްވުމަށް ޕީއެންސީގެ ޗެއާޕާސަންކަންވެސް ކުރައްވާ، ޑިރެކްޓަރ ޖެނެރެލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިއީ ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމަށް ރައްޔިތުންގެ ގާތަށް ކުރައްވާ ދަތުރެއްކަމަށެވެ. މި ދަތުރުގައި ރައްޔިތުންގެ ކަންބޮޑުވުންވެސް އައްސަވާނެކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އަދި ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އައްޑޫއިން ޕީޕީއެމް/ޕީއެންސީއަށް ދިން ތާއީދަށާއި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވުންވެސް މި ދަތުރުގައި ކުރިއަށްދާނެކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ރައްޔިތުން ހަވާލުކޮށްފައިވާ 5 އަހަރުގެ ދައުރުގެ މަސައްކަތްތައް ފުރިހަމަ ގޮތުގައި ކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރުން ވަރަށް މުހިންމުކަމަށް ފާހަގަކޮށް، އަބްދުލްރަހީމް ވިދާޅުވި ގޮތުގައި މި ދަތުރުގައި އެކަމާއި ގުޅޭ ގޮތުންވެސް އައްޑޫގެ ރައްޔިތުންނާއި މަޝްވަރާ ކުރާނެއެވެ.

އިންތިހާޞީ ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންފުޅުވެވަޑައިގަންނަވަނީ ވީހާ އަވަހކަށް އަޅުގަނޑުމެން ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށް، ނިމިދިޔަ އިންތިހާބުގައި ރައްޔިތުން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކޮށް، އަދި ކުރިއަށް އޮތް އިންތިހާބުގައި، ހަމަ ނިމިދިޔަ އިންތިހާބެކޭ އެއްފަދައިން ނުވަތަ އެއަށްވުރެ ވަރުގަދައަށް ޕީޕީއެމް/ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައިދެއްވުމަށްޓަކައި ރައްޔިތުން މަސައްކަތްކޮށްދެއްވުމަށް ތިބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވަން.

ޕީޕީއެމް/ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކޮށްދިނުމަށް ރައްޔިތުންގެ އަރިހުން ވީހާވެސް އަވަހަށް އެދިވަޑައިގެންނެވުމަކީ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތްކަމަށް ވިދާޅުވިއެވެ. އަދި މި ދަތުރުގައި ޕީޕީއެމް/ޕީއެންސީއަށް ސޮއި އިތުރުކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުލްރަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅުވައި ދެކެވޭ ބައެއް ވާހަކަތަކަށްވެސް ރައްދުދެއްވާފައެވެ. އެގޮތުން ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ޑރ މުއިއްޒު އެދިވަޑައިގެންފައިވާތީ، އެއީ ޕީޕީއެމް ކުޑަ ޕާޓީއަކަށް ހެދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ދޭހަ ކުރައްވާތީ އަބްދުލްރަހީމް ވިދާޅުވީ، ޑރ މުއިއްޒު އެދިވަޑައިގެންފައިވަނީ އިތުރު މީހުން ޕާޓީއަށް ވެއްދުމަށްކަމަށެވެ. ޕީޕީއެމްގައި ތިބި މީހުންގެ ސޮއި ޕީއެންސީއަށް ބަދަލުކުރުމަށް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެގޮތަށް ކަންތައް ނުކުރެއްވުމަށް ޑރ މުއިއްޒު އެދިވަޑައިގެންފައިވާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: