ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަނީ

ނޫޙް މުޙައްމަދު ނަޢމް ހޯދާ މީހެއްފޮޓޯ/ ފުލހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާތީ ހޯޯދަން އިއުލާން ކޮށްފިއެވެ.

ފުލުހުން މިއަދު އިއުލާން ކޮށްފައިވަނީ ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. އެއީ ނ. ކަނދޮޅުދޫ/ ކެނދިކޮޅު ޝާދީ ވިލާ ނޫހު މުހައްމަދު ނައީމް 35 އެވެ.

ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރެވިފައިނުވާ ކަމަށެެވެ. މީގެ އިތުރުން އަދި އޭނާ އަށް ޗިޓު ވެސް ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން ބުނެެއެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ނޫހަށް އަންގައި ކަމަށާއި، މި މުއްދަތުގައި ހާޒިރުވުމަށްވެސް އަންގާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: