ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮޅިވަރަންފަރުގެ އިސްމެޖިސްޓްރޭޓާއިމެދު ސުލޫކީ ފިޔަވަޅުއެޅުމަށް ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ އަހަމަދާއި މެދު ސުލޫކީ ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އަލީ އަހްމަދާއި މެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމާފައިވަނީ ހދ. ނޮޅިވަރަން އަދި ނޮޅިވަރަންފަރު ކޯޓަށް ހުށައަޅާ މައްސަލަތަކުގެ ތެރެއިން ޖިނާއީ މައްސަލަތަށް އެކަށީގެންވާ ގޮތަށް ނުބަލާތީކަމަށް ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވެއެވެ. އަދި އެމައްސަލަތަށް އެކަށީގެންވާގޮތަށް ކުރިއަށް ނުގެންދާކަން ތަހުގީގަށް ހޯދައިފައިވާ ލިޔުންތަކަށް ބެލުމުން އެނގެނ އޮތް ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

މައްސަލަތަށް ޝެޑިއުލްކޮށް އެކަށީގެންވާގޮތަށް ކުރިއަށް ނުގެންދެވޭކަމަށް އަލީ އަހްމަދުގެ މައްޗަށް ސާބިތުވެފައުވާކަމަށްވެސް ބުނެފައިވެއެވެ. އަދި އޭނާ ކޮށްފައިވާ އަމަލުތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލުތަކެއްކަމަށް ޖޭއެސްސީން ބުނެއެވެ.

އެހެންކަމުން މިއަހަރުގެ ނޮވެންބަރު 01 ވަނަ ދުވަހު ބޭއްވި މިއަހަރުގެ 70 ވަނަ ޖަލްސާގައި އެކޮމިޝަނުންވަނީ ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނު) ގެ 32-1 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ކަމާގުޅޭ ތަމްރީނެއް ފުރިހަމަކުރުމަށް އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: